[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤް رضي الله عنه – 27

ޔަރްމޫކު ހަނގުރާމައިގައި މުސްލިމުންނަށް ނަޞްރު ލިބުމަށް މެދުވެރިވި ބައެއް ސަބަބުތައް

މިހަނގުރާމައިގައި ބައިވެރިވި މުސްލިމުންނާއި ރޫމީންގެ އަދަދުގެ ތަފާތު ބޮޑުކަމާއެކުވެސް، ﷲ ތަޢާލާގެ ވާގިފުޅާއި ޤުދުރަތްތެރިކަމާއެކު، މުސްލިމުންނަށް ނަޞްރު ލިބުނެވެ. މުސްލިމުންނަށް މިފަދަ ނަޞްރެއް ލިބުމަށް މެދުވެރިވީ ސަބަބުތަކުގެ ތެރޭގައި:

  1. ﷲ ތަޢާލާ އަށް އެބޭކަލުންގެ ހިތްތަކުގައި އޮތް އިތުބާރާއި، ހަނގުރާމައިގައި ﷲ ތަޢާލާގެ ޙަޟްރަތުން ނަޞްރު ލިބުނުކަމުގައި ވިޔަސް ނުވަތަ އެއިލާހުގެ މަގުގައި ޝަހީދުވީކަމުގައި ވިޔަސް، އެދެ ގޮތަކީ ވެސް ހެޔޮ ދެގޮތް ކަމަށް އެބޭކަލުން އީމާންވުން.
  2. އެއް ވެރިއެއްގެ ޤިޔާދަތުގެ ދަށުގައިވުމާއި، ލަޝްކަރުގެ ސަފުތައް ތަރުތީބުކުރުމުގައި މުޅި ލަޝްކަރުގެ އެއްބައިވަންތަކަން.
  3. އަސްކަރީ ގޮތުން ޚާލިދު ބުން އަލްވަލީދު رضي الله عنه ގެ ރޭވުންތެރިކަން. އަލްވާޤޫޞާއާއި ކޯރާ ދެމެދުގައި ރޫމީން ތިބުމުން، މެދުން އެބައިމީހުންނަށް ހަމަލާދޭ ހިނދު، އެބައިމީހުންގެ ތެރެއިން އެއްބަޔަކު ކޯރަށް ގެނބި އަދި އަނެއް ބަޔަކު އަލްވާޤޫޞާގެ ވަޅުގަނޑަށް ވެއްޓޭނީކަން ދެނެވަޑައިގެން، ޚާލިދުގެފާނުގެ އަސްކަރީ ޕްލޭން ރޭއްވެވީ އެގޮތަށެވެ.
  4. ދުވެ ފިލާފާނެ ކަމުގެ ބިރަށްޓަކައި، ރޫމީންގެ ތެރެއިން ފައިމަގުގައި ތިބި ކޮންމެ ހަތް މީހަކު ޗޭނުގަނޑަކުން އައްސާފައި ތިބުމުން، އެމީހުންގެ ތެރެއިން އެންމެ މީހަކު ޤަތުލުވިޔަސް ނުވަތަ އަނިޔާވިޔަސް، އެބައިމީހުންގެ ހަރަކާތްތައް ހުއްޓުވުނު މައިގަނޑު ސަބަބުކަމުގައި އެކަން ވުން.

الخلفاء الراشدون لسليمان بن عبد الله الرومي

 

މިލިޔުމުގެ އެހެން ބައިތައް