އިސްވެ ބަޔާންވެގެން ދިޔަ ބަސްފުޅުތަކުގައިވަނީ އަންނަނިވި ނަތީޖާއެވެ.
ފުތަމަތައީ: ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ބަކްރާ رضي الله عنه ރިވާކުރައްވާފައިވާ ރިވާޔަތްތަކަކީ ޢިލްމުވެރިންގެ އިއްތިފާޤުން ބަލައިގަނެފައިވާ ރިވާޔަތްތަކެކެވެ. އޭގެ ތެރެއިން އެއްވެސް ބޭކަލަކު އިހުޒަމާނެއްގައިވެސް އަދި ފަހުންވެސް އެކަމުގައި ޚިލާފުވެފައި ނުވެއެވެ. އެކަމުގައި އެންމެ ފުރަތަމަވެސް ޚިލާފުވެފައިވަނީ ހިޖުރައިން ފަނަރަވަނަ ޤަރުނުގައި އައްޝައިޚު މުޙައްމަދު ސުލައިމާނު އަލްއަޝްޤަރެވެ. އެބޭފުޅާގެ އަރިހުގައި އަޅުގަނޑު (އެބަހީ: ޝައިޚް ޢަބްދުލް މުޙްސިން އަލްޢައްބާދު) ގުޅާފައި އެހީމެވެ. އަބޫ ބަކުރާ رضي الله عنه ގެ ރިވާޔަތްތައް ޤަބޫލު ނުކުރުމަށް މީގެ ކުރިން އެއްވެސް ބޭކަލަކު ވިދާޅުވެފައިވާކަން އެނގިވަޑައިގަންނަވާ ހެއްޔެވެ؟ އެފަދަ ބަސްފުޅެއް އެނގިވަޑައިގެން ނުވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ދެވަނައީ: މީހަކާ ދިމާއަށް އެއްޗެތި ކިޔުމުގެ ގޮތުން އެމީހާއާ ދިމާއަށް “އޭ ޒިނޭކުރާ މީހާ” މިފަދައިން ބުނެފިނަމަ، އެފަދައިން ބުނިމީހާ ތައުބާވެ އިޞްލާޙުވެއްޖައުމަށް ދާންދެން އެމީހެއްގެ ހެކިބަސް ޤަބޫލު ނުކުރެވޭނެއެވެ.
ތިންވަނައީ: ހެކިބަސް ދޭއިރު މީހަކަށް ޤަޛްފުކޮށްފިނަމަ އެފަދަ މީހުންގެ ހެކިބަސް ޤަބޫލުކުރުމާމެދު ޢިލްމުވެރިންވަނީ ޚިލާފުވެފައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެފަދަ މީހެއްގެ ޙަދީޘްތައް ޤަބޫލުކުރާ ފަދައިން ހެކިބަސްވެސް ޤަބޫލުކުރެވޭނެ ކަމަށެވެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެފަދަ މީހެއްގެ މައްޗަށް ޙައްދު ޤާއިމު ނުކުރެވޭނެ ކަމަށެވެ.
= ނިމުނީ =
______________________
މަޞްދަރު: الدفاع عن الصحابي أبي بكرة – رضي الله عنه – ومروياته، والاستدلال لمنع ولاية النساء على الرجال للشيخ عبدالمحسن العباد – حفظه الله –