[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞަދަޤާތްކުރުން 3

ޞަދަޤާތް ކުރުމަކީ ނުބައިނިމުމުން ދުރުކޮށްދޭކަމެކެވެ. އަދި އެއީ މުޞީބާތްތައް އެއްކިބާވެސްކޮށްދޭކަމެކެވެ. އަދި އޭގެ ސަބަބުން މުދާ ރައްކާތެރިވެއެވެ. އަދި ރިޒުޤުތަނަވަސްވެއެވެ. އަދި ހިތަށް އުފާވެރިކަން އިޙްސާސްވެއެވެ. އަދި އޭގެ ސަބަބުން ﷲއާ މެދު އޮންނަ ޔަޤީންކަން އިތުރުވެ، އެއިލާހާ މެދު ހެޔޮކޮށް ހީކުރެއެވެ. އަދި އޭގެ ސަބަބުން ނަފްސު ޠާހިރުވެ، ފައިދާ އިތުރުވެއެވެ. އަދި އަޅާ އޭނާގެ ވެރިރައްބާ ކުއްތަންކުރުވައެވެ. އަދި އަޅާގެ އެންމެހާ ޢައިބުތައް ވަންހަނާވެގެންދެއެވެ. އަދި ޢުމުރު އިތުރުވެއެވެ. އަދި އެކަންކުރާމީހުން ކަށްވަޅުގެ ޢަޛާބުން ރައްކާތެރިވެއެވެ. އަދި ޤިޔާމަތްދުވަހު އޭނާވާ ހުށީ ހިޔަލުގައެވެ. އަދި ﷲ ގެ ޙަޟްރަތުގައި އޭނާއަށްޓަކައި ޝަފާޢަތްތެރިވެވޭނެއެވެ. އަދި ދުނިޔެއާއި އާޚިރަތުގެ ބުރަތައް އޭނާއަށް ލުއިކޮށްދެވޭނެއެވެ. އަދި ހުރިހާ ހެޔޮކަމަށް އޭގެ ސަބަބުން މަގުފަހިވެއެވެ. ފަހެ އެހެންކަމުން އެކަންކުރުމަށް ދެކޮޅު ނުހަދާށެވެ.

ޞަދަޤާތަކީ އަޅާއާއި ނަަރަކާދެމެދުވާ ހުރަހެކެވެ. އަދި އިޚްލާޞްތެރިކަމާއެކު، ސިއްރިއްޔާތުގައި އެކަންކުރާ މީހާ ޤިޔާމަތްދުވަހު ވާހުށީ އޭގެ ހިޔަލުގައެވެ. އަދި ޞަދަޤާތުގެ ދޮރުކޮޅުން އެދުވަހުން އޭނާއަށް ގޮވާލެވޭނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَمَنْ كَانَ مِنْ أَهْلِ الصَّدَقَةِ دُعِيَ مِنْ بَابِ الصَّدَقَةِ)) [متفق عليه]

މާނައީ: “އަދި ޞަދަޤާތުގެ އަހުލުވެރިންނަށް ގޮވާލެވޭނީ ޞަދަޤާތުގެ ދޮރުކޮޅުންނެވެ.”

____________________________________

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

މިލިޔުމުގެ އެހެނިހެން ބައިތައް