[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٥ ( ف 1 ޖަވާބުތައް )

thauheedh 5

ފުރަތަމަ ފިލާވަޅު: ކާމިޔާބުވުމުގެ ސަބަބުތައް

 1. ފުރަތަމައީ:ޢިލްމެވެ. އެއީ ﷲ މަޢުރިފާކޮށް ދެނެގަތުމާއި، އެއިލާހުގެ ނަބިއްޔާ صلى الله عليه وسلم މަޢުރިފާކޮށް ދެނެގަތުން އަދި ދަލީލާ އެކުގައި އިސްލާމްދީން މަޢުރިފާކޮށް ދެނެގަތުމެވެ.

ދެވަނައީ : އެއަށް ޢަމަލުކުރުމެވެ.

ތިންވަނައީ : އެއަށް ދަޢުވަތުދިނުމެވެ.

ހަތަރުވަނައީ:  އެޢިލްމު އުނގެނުމުގައްޔާއި، އެއަށް ޢަމަލުކުރުމުގައި އަދި އެއަށް ދަޢުވަތު ދިނުމުގައި ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވުމެވެ.

 

 1. ހަމަކަށަވަރުން އިންސާނާވަނީ ހަލާކެއްގެ ތެރޭގައެވެ. [2] އީމާންވެ، ޞާލިޙު ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކުރި މީހުން ފިޔަވައެވެ. [3]

 

 1. އީމާންވެ، ޞާލިޙު ޢަމަލުކޮށް، ޙައްޤަށް ވަޞިއްޔަތްކޮށް އަދި ކެތްތެރިވުމަށް އެއްބަޔަކު އަނެއްބަޔަކަށް ވަޞިއްޔަތްކުރުމެވެ.

 

 1. ޢިލްމު އުނގެނުން – ޢަމަލުކުރުން – ﷲ ގެ ދީނަށް ދަޢުވަތުދިނުން – ކެތްތެރިކަން
 • “ﷲ އެއިލާހުގެ ޚަލްޤުތަކުންގެ މައްޗަށް ޙުއްޖަތެއްކަމުގައި މިސޫރަތް ފިޔަވައި އެހެން ސޫރަތެއް ބާވައިނުލެއްވި ނަމަވެސް، އެބައިމީހުނަށް ފުދުނީހެވެ.”
 • އެބަސްފުޅުން ދަލީލުކުރަނީ ޢަޞްރު ސޫރަތުގެ މުހިންމުކަމަށެވެ.

 

ދެވަނަ ފިލާވަޅު: ޢަމަލުކުރުމުގެ ކުރިން ޢިލްމު އުނގެނުން

 

 1. ޙައްޤު ޢިލްމަކީ އެޢިލްމަކާއިގެން ﷲގެ ރަސޫލާ صلى الله عليه وسلم ވަޑައިގެންނެވި، ޤުރުއާނާއި ސުންނަތުގެ ޢިލްމެވެ.

 

 1. ދީނާމެދު ޖާހިލުވެ، ޝަރުޢީ ޢިލްމު ލިބިފައި ނުވާތީއެވެ.

 

 1. ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމަށާއި ފާފަފުއްސެވުމަށް އެދިދެންނެވުމަށެވެ.

 

 1. މުއުމިނު އަޅާގެ ޢަމަލުތަކާއި އަޅުކަންތަކަކީ ޞައްޙަ، މަޤުބޫލު އެއްޗެއްކަމުގައި ހެދުމަށްޓަކައި ޢިލްމު ބޭނުންވާތީއެވެ.

 

 

 

ތިންވަނަ ފިލާވަޅު: ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމާއި ޝިރުކުން ދުރުހެލިވުމުގެ ވާޖިބުކަން

 

 1. މީސްތަކުންނަށް ޙައްޤުގޮތް ބަޔާންކޮށްދެއްވުމެވެ.

2.

 • ހަމަކަށަވަރުން ﷲ ތަޢާލާއަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އެއީ ޝިރުކުކުރުމެވެ. އަދި އެއީ ޙަރާމްކަމެކެވެ.
 • އެކަމުގެ ދަލީލަކީ: (وَأَنَّ الْمَسَاجِدَ لِلَّـهِ فَلَا تَدْعُوا مَعَ اللَّـهِ أَحَدًا) [الجن: ١٨]

މާނައީ: “މިސްކިތްތައްވަނީ ހަމަ ﷲ އަށެވެ. ފަހެ، ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް ތިޔަބައިމީހުން އަޅުކަން ނުކުރާހުށިކަމެވެ.”

 

 1. ސުވަރުގެއެވެ.

 

 1. ނަރަކައެވެ.

 

 1. ﷲ ތަޢާލާ ފިރުޢައުނު ޣަރަޤުކުރެއްވީއެވެ.

 

 

 

ހަތަރުވަނަ ފިލާވަޅު: ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވޭ!

 

 1. ހުއްދަކަމެއް ނޫނެވެ.

 

 1. ސުވަރުގެއެވެ.

 

 1. موالاة އަކީ ﷲއާއި އެއިލާހުގެ ރަސޫލާއާއި މުއުމިނުން ދެކެ ލޯބިވެ، ބަހާއި ޢަމަލުން ނަޞްރުދިނުމެވެ.

 

 1. ފުރަތަމައީ:ހަމަކަށަވަރުން ﷲ ތަޢާލާ އަހަރެމެން ޚަލްޤުކުރައްވައި، ރިޒުޤު ދެއްވައި، ބޭކާރު ގޮތެއްގައި އަހަރެމެން ދޫކޮށެއް ނުލައްވައެވެ. އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިއެވެ. ފަހެ، އެކަލޭގެފާނަށް ކިޔަމަންގެންފިމީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި އެކަލޭގެފާނަށް އުރެދިއްޖެ މީހާ ނަރަކައަށް ވަދެއްޖެއެވެ.

ދެވަނައީ: ހަމަކަށަވަރުން ﷲ ތަޢާލާއަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެއިލާހާ އެއްވެސް ފަރާތެއް ބައިވެރިކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އެއީ ކުއްތަންކުރެވިގެންވާ މަލާއިކަތެއް ކަމުގައިވިޔަސް، ފޮނުއްވިގެންވާ ނަބިއްޔެއްކަމުގައި ވިޔަސް މެއެވެ.

ތިންވަނައީ: ރަސޫލާއަށް ކިޔަމަންވެ، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް ﷲއާއި އެއިލާހުގެ ރަސޫލާއާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. އެއީ ކިތަންމެ ގާތްތިމާގެ މީހެއްކަމުގައިވިޔަސް މެއެވެ.

 

 

ފަސްވަނަ ފިލާވަޅު: ޙަނީފިއްޔާ!

 1. ﷲ އަމުރުކުރައްވާފައިވާ އެންމެ ބޮޑުކަމަކީ:

ހ. އަމާނާތްތެރިކަމެވެ. ( )

ށ. ތައުޙީދެވެ. (ü)

ނ. ތެދުވެރިކަމެވެ. ( )

އެއިލާހު ނަހީކުރައްވާފައިވާ އެންމެ ބޮޑުކަމަކީ:

ހ. ދޮގުހެދުމެވެ. ( )

ށ. ޝިރުކުކުރުމެވެ. (ü)

ނ. މަކަރުހެދުމެވެ. ( )

 

 1. “އަދި ކިޔެއް ހެއްޔެވެ. (ތިމަންމެން ތަބާވާނީ) ޝިރުކުން އެއްކިބާވެ ތައުޙީދުގެ މަގަށް ލެނބިގެންވާ އިބްރާހީމުގެފާނުގެ މިއްލަތަށެވެ.”

 

 1. ހަމަކަށަވަރުން ޙަނީފިއްޔާއަކީ (ޝިރުކުން އެއްކިބާވެ ތައުޙީދަށް ލެނބުމަކީ) އިބްރާހިމު عليه السلام ގެ މިއްލަތެވެ.

 

 

ހަވަނަ ފިލާވަޅު: ތިން އަޞްލު

 

 1. އަޅާ އޭނާގެ ރައްބާއި ދީނާއި ނަބިއްޔާ ދެނެގަތުމެވެ.

 

 1. އެއީ ޚަލްޤުކުރައްވައި ރިޒްޤުދެއްވާ އަދި ހުރިހާ އެއްޗެއް އެއިލާހަށް މިލްކުވެވޮޑިގެންވާ އިލާހެވެ.

 

 1. (الْحَمْدُ لِلَّـهِ رَبِّ الْعَالَمِين( [الفاتحة: ٢]

މާނައީ “އެންމެހާ ޙަމްދެއްވަނީ ޢާލަމްތަކުގެ ވެރި ރައްބަށެވެ.”

 

 

ހަތްވަނަ ފިލާވަޅު: ﷲގެ އާޔަތްތަކާއި މަޚްލޫޤުތައް

 1. އެއިލާހުގެ އާޔަތްތަކާއި (އެބަހީ ހެކިތަކާއި)، އެއިލާހުގެ މަޚުލޫޤުތަކުންގެ ޛަރީޢާއިންނެވެ.

 

 1. އެއިލާހުގެ އާޔަތްތަކުގެ ތެރޭގައި ރޭގަނޑާއި ދުވާލާއި އިރާއި ހަނދު ވެއެވެ. އަދި އެއިލާހުގެ މަޚުލޫގުތަކުންގެ ތެރޭގައި ހަތްއުޑާއި ހަތްބިމާއި އެތަންތަނުގައްޔާއި އެދެމެދުގައި ވާހައި ތަކެތި ހިމެނެއެވެ.

 

 1. ރެއާއި ދުވާލާއި އިރާއި ހަނދާއި ތަރިތައް

 

 1. އޭގެން ދަލާލަތުކުރަނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމާއި އަޅުކަންކުރުން ޙައްޤުވެގެންވަނީ އެންމެހާ އެއްޗެއް ޚަލްޤުކުރެއްވި އިލާހުކަމެވެ.

 

 1. އިންސާނާގެ ހަށިގަނޑު: ފެނުމާއި އިވުމާއި ވިސްނުމާއި ޙަރަކާތްކޮށް އުޅުމުގެ ނިޢުމަތް

ދުވާލުގެ ވަޤުތު: މަސައްކަތް ކުރުމަށް އަލިކަން ލިބުމާއި ގަސްތައް ހެދިބޮޑުވުމަށް އަވިލިބުމާއި އިންސާނުން އެކި ބަލިތަކުން ދުރުހެލިކޮށްދޭ އަވި ލިބުން

ވާރޭ: އިންސާނާ ބޯފެން އޭގެން ލިބުމާއި ގަސްގަހަށް ފެންލިބުމާއި ޖައްވުގެ ހޫނުކަން މަޑުވުމާއި ހިރަފުސްފިލައިގެން ދިޔުން

ތަރިތައް: ކަނޑުދަތުރުފަހަރާއި އެއްގަމު ދަތުރުފަހަރުގައި މަގު އަންގައިދިނުމާއި ޤިބުލަ އެނގޭނެ ވަސީލަތެއްކަމުގައި ވުމާއި އުޑުގެ ޒީނަތެއް ކަމުގައިވުން.

 

 

 

އަށްވަނަ ފިލާވަޅު:  އަޅުކަންކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ޚާލިޤުވަންތަ ﷲ އަށް

 

 1. އަމުރުކޮށްފައިވަނީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށެވެ. އަދި ނަހީކުރައްވާފައިވަނީ އެއިލާހާ ޝަރީކުކުރުމެވެ.

 

 1. އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވިއެވެ. “އަޅުކަންކުރުން ހައްޤުވެގެންވާ ފަރާތަކީ މި އެންމެހާ ތަކެތި ޚަލްޤުކުރެއްވި އިލާހެވެ.

 

 1. ތަންމައްޗެއްކަމުގައި ބިން ލެއްވުމާއި (ބިން ފަތުރެއްވުމާއި)، އަދި ބިނާއެއްގެ ގޮތުގައި އުޑު ލެއްވުމާއި (ފުރާޅެއްގެ ގޮތުގައި ލެއްވުމާއި)، އެ އުޑުންވާރޭ ވެއްސެވުމާއި، އަދި ރިޒުޤުގެ ގޮތުގައި އޭގެ ޛަރީޢާއިން މޭވާތައް ނެރުއްވުމެވެ.

 

 1. ޢާލަމުގައިވާ ހުރިހާ އެއްޗެއް ހައްދަވާ ތަދުބީރުކުރައްވާ ﷲ އަށެވެ.

 

 

ނުވަވަނަ ފިލާވަޅު:  އަޅުކަމުގެ ބާވަތްތަކާއި އެއިންކަމެއް ﷲ ނޫން ފަރާތަކަށް އަދާކޮށްފިމީހާގެ ޙުކުމް

 

 1. އޭގެ ތެރެއިން އެއްވެސްކަމެއް ﷲ ފިޔަވައި އެހެންފަރާތަކަށް އަދާކޮށްފި މީހަކީ މުޝްރިކެކެވެ. ކާފިރެކެވެ.

 

 1. ނިކަމެތިވެގެންވާ ޙާލު، އެމީހަކު ނަރަކައަށް ވަންނާނެއެވެ.

 

 1. ((الدُّعَاءُ هُوَ العِبَادَة)) މާނައީ: “އަޅުކަމަކީ ދުޢާއެވެ.”

 

 1. ދުޢާކުރުމާއި، ބިރުގަތުމާއިއުންމީދުކުރުމާއި، ވަކީލުކުރުމާއި، އުންމީދާއެކު އެދުމާއި، ރެކުމުގެބިރުގަތުމާއި، މަޑުމޮޅިވެމަޑުމައިތިރިވުމާއި،  ބިރުވެތިވުމާއި،ތައުބާވުމާއި، ވާތްގަށްއެދުމާއި، ރައްކާތެރިކަމަށްއެދުމާއި، މަދަދަށްއެދުމާއި، ކަތިލުމާ އަދި ނަދުރުބުނުމެވެ.

 

 1. ﷲ ގެ ވަޖްހުފުޅު އަދައިގެން އެއަޅުކަން އަދާކުރުން

އިސްލާމީ ޝަރީޢަތުގައި އެއަޅުކަން ޘާބިތުވެފައިވުން.

 

ދިހަވަނަ ފިލާވަޅު: ބައެއް އަޅުކަމުގެ ދަލީލުތައް

 

 1. އަޅުކަމުގެ ވައްތަރުތަކުގެ ތެރޭގައި: ބިރުގަތުމާއި، އުންމީދުކުރުމާއި، ވަކީލުކުރުމާއި، ބިރުވެތިވުމާއި، ތައުބާވުން ހިމެނެއެވެ.
 2. javaabuthah 1

3.

އުންމީދުކުރުން (فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا)

ވަކީލުކުރުން (وَعَلَى اللَّـهِ فَتَوَكَّلُوا إِن كُنتُم مُّؤْمِنِينَ)

މަޑުމޮޅިވެ މަޑުމައިތިރިވުން (وَكَانُوا لَنَا خَاشِعِينَ)

ތައުބާވުން (وَأَنِيبُوا إِلَىٰ رَبِّكُمْ وَأَسْلِمُوا لَهُ)

އުންމީދާއެކު އެދުން (إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا)

 

 

އެގާރަވަނަ ފިލާވަޅު: ބައެއް އަޅުކަމުގެ ދަލީލުތައް (2)

 

 1. އެއިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުމަށެވެ.

 

 1. ﷲގެ ޙަޟްރަތުން ވާތްގަށް އެދުމަށެވެ.

 

 1. الإِسْتِعَانَة : ވާތްގަށް އެދުން

الإِسْتِعَاذَة: ރައްކާތެރިކަމަށް އެދުން

الإِسْتِغَاثَة: މަދަދަށް އެދުން

 

4.

– ވާތްގަށްއެދުން: (إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ)

– މަދަދަށް އެދުން: (إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ)

– ޛަބަޙަކުރުން: قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ ﴿١٦٢﴾ لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ ﴿١٦٣﴾

– ނަދުރުބުނުން: (يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا)

 

ބާރަވަނަ ފިލާވަޅު: އިސްލާމްދީން

 

 1. ޙައްޤުދީނަކީ އިސްލާމްދީނެވެ. އެކަމުގެ ދަލީލަކީ:

﴿وَمَنْ يَبْتَغِ غَيْرَ الْإِسْلَامِ دِينًا فَلَنْ يُقْبَلَ مِنْهُ وَهُوَ فِي الْآخِرَةِ مِنَ الْخَاسِرِينَ﴾ [آل عمران، الآية: ٨٥]

 

 1. ދީނުގެ ހަރުފަތްތަކަކީ އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމެވެ.

 

 1. އެއީ ތައުޙީދާއެކު ﷲއަށް ކިޔަމަންތެރިވުމާއި، އެއިލާހަށް ބޯލަނބައި ކިޔަމަން ގަތުމުގައި ގަދައަޅައި މަސައްކަތްކުރުމާއި، ޝިރުކާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.

 

4.

– ސުވަރުގެއަށް ވާސިލުވުމުގެ މަގަކީ އިސްލާމްދީނެވެ. (އާނއެކެވެ.)

– އެހެން ދީންތައް އޭގެ އަހުލުވެރިން ހަލާކުގެ ތެރެއަށް ވައްޓާލާނެއެވެ. (އާނއެކެވެ.

– އިސްލާމްދީން ދެނެގަނެވޭނީ ޤުރުއާނާއި ސުންނަތުންނެވެ. (އާނއެކެވެ.)

_____________________________

مادة التوحيد ١ (ފޮތް)

مادة التوحيد ٢ (ފޮތް)

مادة التوحيد ٣ (ފޮތް)

مادة التوحيد ٤ (ފޮތް)

مادة التوحيد ٥  ގެ އެހެނިހެން ބައިތައް