الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ތައުޙީދަކީ (މާތް ﷲ ގެ އެއްކައުވަންތަކަމަކީ) އިސްލާމްދީނުގެ ބިންގަލެވެ. އަދި ޢަޤީދާގެ އެންމެ މުހިންމު އަސާސެވެ. ކުޑަކުދިންނަށް އެކަން ރަނގަޅަށް އުނގަންނައި ދިނުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ. ފަހެ ޞައްހަ ޢަޤީދާގެ މަތީގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެކުދިންނަށާ އަދި އެކުދިންގެ މައިންބަފައިންނަށްވެސް – ﷲ ތަޢާލާގެ ވާގިފުޅާއެކު – ދެ ދެނިޔޭގައިވެސް ބާއްޖަވެރިކަން ގެނެސްދޭނޭ ކަމެކެވެ. إن شاء الله.
އޭ ﷲ! މިމަސައްކަތް ޤަބޫލުކުއްވައި މި އަޅާގެ ފާފަތައް ފުއްސަވައި ދެއްވާށިއެވެ! އަދި މި ދަރުސްތަކަކީ ދިވެހިރާއްޖޭގެ ލޮބުވެތި ކުޑަކުދިންނަށް ތައުޙީދު ދެނެގަތުމަށް ހުޅުވާލެވުނު މަގެއް ކަމުގައި ލައްވާށިއެވެ! އާމީން.
| ފޮތުގެ ނަން | مادة التوحيد ١ | 
| ތަރުޖަމާކުރީ | އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ | 
| ޞަފްޙާގެ ޢަދަދު | 40 ޞަފްޙާ، A4 ސައިޒް | 
| ފައިލް ސައިޒް | 59 MB | 
				
								
















