| ފޮތުގެ މަޝްހޫރު ނަން: | صَحِيحُ الْبُخَارِي (އިމާމުލް ބުޚާރީގެ ޞަޙީޙު) | 
| ފޮތުގެ ފުރިހަމަ ނަން: | الجَامِعُ الْمُسْنَدُ الصَّحِيْحُ الْمُخْتَصَرُ مِنْ أُمُوْرِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ ނުވަތަ الجَامِعُ الصَّحِيْحُ الْمُسْنَدُ مِنْ حَدِيْثِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَسُنَنِهِ وَأَيَّامِهِ 
 | 
| މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: | أَبُو عَبْد الله مُحَمَّد بْن إِسَمَاعِيْل بْن إِبْرَاهِيْم بْن الْمُغِيْرَة الْبُخَارِي/ 256 هـ | 
| މައުޟޫޢު: | ޙަދީޘް | 
| ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: | މިއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޞައްޙަ ޙަދީޘްތައް ޖަމާކުރައްވާ އެކުލަވާލައްވާފައިވާ ފޮތެކެވެ. މި ފޮތުގައި ގުޅިފައިވާ ސަނަދާއެކު ޞައްޙަ ޙަދީޘެއް މެނުވީ އިމާމު ބުޚާރީ رحمه الله ގެންނަވާފައި ނުވެއެވެ. މި ފޮތަށް الجَامِعُ الصَّحِيْحُ ގެ ނަން ދެއްވާފައިވަނީ އެ ސަބަބަށްޓަކައެވެ. މި ފޮތުގައި ޙަދީޘްތައް ޖަމާކުރެއްވުމުގެ އިތުރުން އެކަލޭގެފާނުވަނީ އެ ޙަދީޘްތަކުން ލިބޭ ފިޤުހީ ފައިދާތަކާއި ޙުކުމުތަކާ ގުޅޭ މުހިންމު ނުކުތާތައް ހިމަނުއްވާފައެވެ. އެހެންކަމުން ޙަދީޘްތަކުގެ ނައްޞުތަކުން ވަރަށް ގިނަ މާނަތައް ނަންގަވާފައި، އެއާ ގުޅޭ ބާބުތަކާއި ކިތާބުތަކަށް ބައްސަވާފައި ވެއެވެ. އަދި މި ފޮތުގައި ޙުކުމްތަކުގެ އާޔަތްތަކަށް އަހަންމިއްޔަތުކަން ދެއްވާފައި ވެއެވެ. އަދި އޭގެން ވަރަށް ގިނަ ދަލާލާތުތައް ނަންގަވާފައި ވެއެވެ. އަދި އޭގެ ތަފްސީރަށް އިޝާރަތް ކުރެއްވުމުގައި ވަރަށް ތަނަވަސް މަންހަޖެއް ގެންގުޅުއްވާފައި ވެއެވެ. ތަކުރާރުވެފައިވާ ޙަދީޘްތަކާއެކު، މި ފޮތުގައި ގެންނަވާފައިވާ ޙަދީޘްތަކުގެ ޖުމްލަ ޢަދަދަކީ 7275 ޙަދީޘެވެ. އަދި ތަކުރާރު ޙަދީޘްތައް ނުލާ 4000 ޙަދީޘެވެ. | 
 
				 
								
















