[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 81

4 – މުސްނަދު ފޮތްތަކުގެ ތެރެއިން ނަމޫނާ ފޮތެއް ދިރާސާކުރުން

އިމާމު އަޙްމަދު ބުން ޙަންބަލުގެ މުސްނަދު (مسند الإمام أبي عبد الله أحمد بن محمد بن حنبل)

 

ފޮތުގެ މުއައްލިފު:

އެކަލޭގެފާނަކީ: ޝައިޚުލް އިސްލާމް، އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި މުސްލިމުންގެ ސައްޔިދު، އަލްޙާފިޡު، އަލްޙުއްޖާ، އަލްއިމާމެވެ. އެކަލޭގެފާނަކީ ނަމޫނާ ދެއްކެވި ބޭކަލެކެވެ. އެކަލޭގެފާނާ އެއްކޮޅު މީހުންނާއި ދެކޮޅުވިމީހުންވެސް އެކަލޭގެފާނުގެ ޤަދަރާއި މަތިވެރި ޝަރަފަށް އެއްބަސްވެއެވެ. ނަންފުޅަކީ:

أبو عبد الله أحمد بن محمد الذهلي الشيباني އެވެ. އުފަންވެވަޑައިގަތީ: ހިޖުރައިން 164 هـ ގައެވެ. އަދި އަވަހާރަވީ 241 هـ ހިޖުރައިން އެވެ. [1]

 

އެކަލޭގެފާނުގެ މުސްނަދު:

އެފޮތް ތަރުތީބުކުރައްވާފައިވާ ގޮތް:

އެފޮތް މިހާރު ޗާޕުކޮށްފައިވަނީ 6 މުޖައްދަލަށެވެ. އެފޮތުގެ ޗާޕުގައި ތަރުތީބު ކުރައްވާފައިވަނީ:

 1. ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު ދެއްވުނު ދިހަ ބޭކަލުން އެންމެ ކުރިން ގެންނެވުން.
 2. ޢަބްދުއްރަޙްމާނު ބުން އަބޫ ބަކުރު، ޒައިދު ބުން ޚާރިޖާ، ޙާރިޘް ބުން ޚަޒްމާ، ސަޢުދު ބުން މައުލާ އަބޫ ބަކުރުގެ މުސްނަދު.
 3. އަހުލު ބައިތުންގެ މުސްނަދު.
 4. ޞަޙާބީ ބޭކަލުން ކުރެ ގިނައިން ޙަދީޘްރިވާކުރެއްވި ބޭކަލުންގެ މުސްނަދު؛ އޭގެ ތެރޭގައި: އިބްނު މަސްޢޫދާއި އިބްނު ޢުމަރާއި އަބޫ ހުރައިރާއާއި އަބޫ ސަޢީދު އަލްޚުދްރީއާއި ޖާބިރުގެފާނާއި އަނަސްގެފާނާއި ޢަބްދުﷲ ބުން ޢަމްރު ބުން އަލްޢާޞް އަދި އެނޫން ބޭކަލުންވެސް ހިމެނެއެވެ.
 5. މައްކާގެ އަހުލުވެރިންގެ މުސްނަދު
 6. މަދީނާގެ އަހުލުވެރިންގެ މުސްނަދު
 7. ޝާމުގެ އަހުލުވެރިންގެ މުސްނަދު
 8. ކޫފާގެ އަހުލުވެރިންގެ މުސްނަދު
 9. ބަޞަރާގެ އަހުލުވެރިންގެ މުސްނަދު
 10. އަންޞާރިއްޔާ ބޭކަލުންގެ މުސްނަދު
 11. ޢާއިޝާތުގެފާނާއި އަންހެން ޞަޙާބީ ބޭކަނބަލުންގެ މުސްނަދު
 12. އެހެނިހެން ޤަބީލާތަކުގެ މުސްނަދު

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1] ވަރަށް ގިނަ ބޭކަލުންވަނީ އެކަލޭގެފާނުގެ ވަނަވަރާ ބެހޭގޮތުން ޚާއްޞަ ފޮތްތައް ލިޔުއްވާފައެވެ. އޭގެ ތެރޭގައި: އިބްނުލް ޖައުޒީއާއި އައްޛަހަބީ ހިމެނިވަޑައިގަންނަވައެވެ. އަދި އައްޛަހަބީގެ ސިޔަރު އަޢުލާމުއް ނުބަލާގައި އިމާމު އަޙްމަދުގެ ވަނަވަރު ވަރަށް ދިގުކޮށް ލިޔުއްވާފައިވެއެވެ. ބައްލަވާ: السير 11 / 177 – 357.