[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝީޢީ ރާފިޟީންގެ ޢަޤީދާ 2

12 އިމާމުންނާމެދު ރާފިޟީންގެ ޢަޤީދާ

ނަބިއްޔާ صلى الله عليه وسلم ގެ އަހުލުބައިތުންގެ ތެރެއިން 12 އިމާމުން ވާކަމަށް މިބައިމީހުން ޤަބޫލުކުރެއެވެ. އަދި އެބައިމީހުންގެ ގާތުގައި އެކަމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިންވާ ކަންތައްތަކެކެވެ. އަދި އެއިމާމުންނަކީ ރައްބުވަންތަކަމުގެ ސިފަ ލިބިގެންވާ ބަޔަކުކަމުގައި ޝީޢީން ޤަބޫލުކުރެއެވެ. އަދި އެބައިމީހުންގެ މައްޗަށް ވަޙީ ބާވައިލެއްވޭކަމަށްވެސް އެމީހުން ޤަބޫލުކުރެއެވެ. އަދިވެސް އެބައިމީހުން ޤަބޫލުކުރާ ގޮތުގައި އެއިމާމުންނަކީ ހުރިހާ ފާފައަކުން މަޢުޞޫމު ބައެކެވެ. އަދި އެބައިމީހުންނަކީ ހަނދާން ނެތުމާއި ޣާފިލުވުމާއި މިފަދަ އެންމެހާ ކަންކަމުން  ސަލާމަތްވެގެންވާ ބައެއްކަމަށް މިބައިމީހުން ދަޢުވާ ކުރެއެވެ.

 

ޞަޙާބީ ބޭކަލުންނާ މެދު  ރާފިޟީންގެ ޢަޤީދާ

އެބައިމީހުން ޤަބޫލުކުރަނީ 3 ޞަހާބީން ފިޔަވާ ހުރިހާ ޞަޙާބީ ބޭކަލުންވަނީ ކާފިރުވެ މުރުތައްދުވެފައިވާ ކަމަށެވެ. ނަމަވެސް މިއީ ކީރިތި ޤުރުއާނުގެ އެތައް އާޔަތަކާ ފުށުއަރާ ޢަޤީދާއެކެވެ. އެބައިމީހުން ދެކޭ ގޮތުގައި ޤިޔާމަތްދުވަހުން އިބިލީހަށް ދެވޭ ޢަޛާބަށްވުރެ ވަރުގަދަ ޢަޛާބެއް ޢުމަރު رضي الله عنه އަށް ދެވޭނެއެވެ.

 

އަލުން ރުޖޫޢަކުރެއްވޭނެކަމުގެ ޢަޤީދާ

ރާފިޟީން ޤަބޫލުކުރާގޮތުގައި އަލުން އަނބުރާ މިދުނިޔެއަށް ބައެއް މީހުން ފޮނުއްވޭނެއެވެ. އެގޮތުން ޞަޙާބީ ބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން މިދުނިޔެއަށް މަހުދީގެ ޒަމާނުގައި ފޮނުއްވޭނެއެވެ. އެއީ އެބައިމީހުންނަށް ދުނިޔެމަތީގައި އެކި ޢުޤޫބާތްތައް ދެއްކެވުމަށެވެ. [1]

 

ނިންމުން:

އަދިވެސް މިނޫން އެތައް ބާޠިލު ޢަޤީދާތަކެއް މިބައިމީހުން އިޢުތިޤާދުކުރެއެވެ. މިޢަޤީދާތަކަކީ ޞަރީޙަކޮށް އެބައިމީހުންގެ ފޮތްތަކުގައި ލިޔެފައިވާ ޢަޤީދާތަކެވެ.

މުސްލިމު އުންމަތަށް ދިމާވާ އެކި ކަންކަމުގައި އީރާނުފަދަ ޤައުމުތަކުން ގަދަބަސް ބުނެ އުޅޭތީ ބައެއް މުސްލިމުން ތިބެނީ އެމީހުންގެ ކެހީގައި ޖެހިފައެވެ. ޙަޤީޤަތަށް ބަލާނަމަ ޢިރާޤު އަދި އަފްޣާނިސްތާނުފަދަ ޤައުމުތައް ކާފިރުންގެ އަތްދަށަށް ދިޔުމުގައި އެންމެ ބޮޑަށް އެހީތެރިވެފައިވާ އެއް ބަޔަކީ ޝީޢީންނެވެ. އަދި މިއަދުވެސް ޢަރަބި ދުނިޔޭގައިވާ އިސްލާމީ އެކި ޤައުމުތަކަށް ޝީޢީ ހަނގުރާމަވެރި ޖަމާޢަތްތަކުގެ ނުރައްކާތެރިކަން ދަނީ ފޯރަމުންނެވެ.

ދުޢާއަކީ ﷲ ތަޢާލާ އަޅުގަނޑުމެންނަށް ހެޔޮމަގަށް މަގުދައްކަވާ ޙައްޤުގެ މަތީގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤުދެއްވުމެވެ.

 

=ނިމުނީ=

________________________________

[1]  ބައްލަވާ: عقيدة الرافضة للشيخ إبراهيم بن عامر الرحيلي

 

މިލިޔުމުގެ އެހެންބައިތައް