[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޙައްމަދު (صلى الله عليه وسلم) އަކީ ކޮން ބޭކަލެއް؟ 4

އެކަލޭގެފާނަކީ އެކަލޭގެފާނަށް މަޝްވަރާ އެރުވުމަށް ޞަޙާބީންގެ ފަރާތުން ގިނަގިނައިން އެދިލައްވާ އުޅުއްވި ބޭކަލެކެވެ. ޚަންދަގު ހަނގުރާމައިގައި ދިފާޢީ ބޮޑު ވަޅުގަނޑެއް ކޮންނެވީވެސް ސަލްމާނުލް ފާރިސީގެ މަޝްވަރާއަކަށެވެ. ޚުދު އެކަލޭގެފާނަކީވެސް ހަނގުރާމައިގެ ޤާއިދެކެވެ. ސަފުތައް ތަރުތީބުކޮށް ޢަމަލީ ގޮތުން ޖިހާދު ކުރެއްވުމުގައި ބައިވެރިވެލެއްވިއެވެ. ޢަދާވަތްތެރިން ޤަތުލުކުރެއްވުމުގެ ކުރިން އިސްލާމީ ރިސާލަތުގެ ދަޢުވަތުދެއްވިއެވެ. ޞުލްޙައިގެ މަގަށް ލޯބިކުރެއްވިއެވެ. ﷲ تبارك وتعالى ގެ ހައްދުތަކާއި ޝަރީޢަތަށްޓަކައި ކަނޑީގެ ބޭނުން ކުރައްވަން ޖެހިވަޑައިގެންނެވި ޙާލަތްތަކުގައި ކަނޑިވެސް އުފުއްލެވީއެވެ. އަދި ޤިޔާމަތާއި ހަމައަށްވެސް ޙައްޤުގޮތުގައި ޖިހާދުކުރާނެ ޖަމާޢަތެއްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް ދެއްވެވިއެވެ.

لاَ تَزَالُ طَائِفَةٌ مِنْ أُمَّتِى يُقَاتِلُونَ عَلَى الْحَقِّ ظَاهِرِينَ إلى يَومِ القِيَامَة(رواه مسلم وأحمد).

 މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިން ޖަމާޢަތެއްގެ ބަޔަކު ޤިޔާމަތާއި ޖެހެންދެން ޙައްޤުގެ މަތީގައި ހަނގުރާމަ ކުރުންމަތީ ނެތިނުދާނެއެވެ.”

ހަމައެހެންމެ ހަނގުރާމަތަކުގައި ކަމާނުބެހޭ މީހުން މެރުން މަނާކުރެއްވިއެވެ. ކަނޑިއަށް ބިރުންވިޔަސް ތައުޙީދުގެ ކަލިމައަށް މައިދާނުގައި މީހަކު ހެކިވެއްޖެނަމަ އެމީހަކަށް އަމާންކަން ދެއްވުމަށް އަމުރުކުރެއްވިއެވެ. އަންހެނުންނާއި ކުޑަކުދިން ޤަތުލު ނުކުރެއްވުމަށް ޢަމުރު ކުރެވެވިއެވެ. ގަސްގަހާއި ގެއްސާއި ޖަނަވާރުތަކަށް ގެއްލުންދިނުން ނަހީ ކުރެއްވިއެވެ. ﷲގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މަޞްލަޙަތެއްގެ ގޮތުގައި މުޝްރިކުންގެ އަޅުކަންކުރާ ތަންތަނަށް ޙަމަލާދިނުމުން ދުރުވެތިބުމަށް އަމުރު ކުރެއްވިއެވެ.

       މިނޫނަސް ދޫނިސޫފާސޫއްޕާއި ޖަނަވާރަށް ގެއްލުންދިނުމާއި އަނިޔާކުރުން ނަހީކުރެއްވިއެވެ. ޚުދު އެތަކެއްޗަށްވެސް އިޙްސާންތެރިވެލައްވާ މީސްތަކުންނަށްވެސް ދިރޭ ތަކެއްޗަށް އިޙްސާންތެރި ވުމަށް އަމުރު ކުރެއްވިއެވެ. ކަރުހިއްކައިގެންފައިވާ ކުއްތާއަކަށް ފެންދިނުމުގެ ފަޟުލުވެސް ބަޔާންކޮށްދެއްވިއެވެ. ކާންނުދީ ބުޅަލެއް ގެންގުޅި މަރާލި އަންހެނާގެ މައްޗަށް ހުރި ޢަޛާބުވެސް ބަޔާންކޮށްދެއްވިއެވެ.

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް