[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ 2

فضيلة الشيخ عبد العزيز بن عبد الله باز حفظه اللهލިޔުއްވާފައިވާ މުޤައްދިމާ.

الحمد لله وحده والصلاة والسلام على من لا نبي بعده وعلى اله وصحبه وسلم أما بعد.

ފަޟީލަތުއްޝެއިޚް މުޙައްމަދު ޞާލިޙް ޢުޘައިމީން، ޢަޤީދާގެ މައްޗަށް އެކުލަވާލެއްވެވި މިކުޑަކުޑަ މުހިއްމު ފޮތް ފުރިހަމައަށް ކަނުލައި އެހީމެވެ. އަހުރެން ދެކެނީ މިފޮތަކީ ﷲތަޢާލާގެ އެއްކައުވަންތަކަމާ، އެކަލާނގެ އިސްމުފުޅުތަކާ، ސިފަފުޅުތަކުގެ މައްޗަށް އެކުލަވާފައިވާ އަދި މަލާއިކަތުންނާއި ބާވައިލެއްވެވި ފޮތްތަކާއި، ރަސޫލު ބޭކަލުންނާއި އާޚިރަތް ދުވަހަށާއި ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމުގެ މައްޗަށް އެކުލަވާ ލައްވާފައިވާ ފޮތެއް ކަމުގައެވެ. އާދެ! އަހްލުއްސުންނަތި ވަލްޖަމާޢަތުގެ ޢަޤީދާ އޭގައި އެކުލަވާލައްވާފައިވާ ފުރިހަމަ ފޮތެއްކަމުގައެވެ. އަދި އެޔާއެކު ޢަޤީދާ އާއިގުޅޭ ފައިދާހުރި މުހިއްމު ވާހަކަތައްވެސް ހާމަކުރައްވާ ފޮތެއްކަމުގައެވެ. އޭގައި ހިމެނޭ ބައެއް މުހިއްމު ވާހަކަތައް ޢަޤީދާގެ މައްޗަށް އެކުލެވިގެންވާ ބޮޑެތި ފޮތް ފޮތުންވެސް ނުލިބޭކަމުގައެވެ. ﷲތަޢާލާ ފަޟީލަތުއްޝައިޚަށް އަޖުރާއި ޘަވާބު ދެއްވާށިއެވެ. އަދި ޢިލްމާއި ހިދާޔަތު އިތުރުކުރައްވާ ގިނަ ކުރައްވާށިއެވެ. މިފޮތާ އަދި މިނޫން ފޮތްތައްވެސް ނަފަޢަ ދެނިވި ފައިދާ ކުރަނިވި ފޮތްތަކެއް ކަމުގައި ލައްވާށިއެވެ.

ﷲ ތަޢާލާގެ ޙަޟްރަތަށް އެދި ދުޢާ ކުރަނީ މުއައްލިފާއި އަހުރެމެންނާއި އަދި ހުރިހާ މުސްލިމް އަޙުންނާއި ޙައްޤަށް ނަޞްރުދޭ ސީދާމަގު ދެނެތިބި މީހުންގެ ތެރެއިން ހިމެނުއްވެވުމަށެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އީ އައްސަވާ ވޮޑީގެންވަ ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. وصلى الله وسلم على نبينا محمد واله وصحبه

الفقير إلى الله عبدالعزيز بن عبدالله بن باز سامحه الله الرئيس العام لإدارات البحوث العلمية والإفتاء والدعوة والإرشاد

(ނުނިމޭ)