[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަތުވާ: އުޟްޙިޔާ ކަތިލެވޭނެ އެންމެ ފަހު ވަގުތު

މުސްލިމަކަށް އުޟްޙިޔާކަތިލުން ކުރިއަށް ގެންދެވިދާނެ ދުވަސްތައްކަމުގައިވާ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ ޢަދަދު ބަޔާންކޮށްދެއްވާށެވެ.  އަދި ފަރުޟު ނަމާދުތަކަށްފަހު  ކިޔޭތަކްބީރުތައް ނިމޭ ދުވަހަކީ ކޮބާ ހެއްޔެވެ؟

 

ޖަވާބު: ތަމައްތުޢު ޙައްޖާއި ޤިރާން ޙައްޖުގައި ކަތިލާ ހަދްޔު އަދި އުޟްޙިޔާގެ ގޮތުގައި ކަތިލާ ޖަނަވާރު ޛަބަހަކުރުމުގެ ދުވަސްތަކަކީ 4 ދުވަހެވެ:

އެއީ ޢީދުދުވަހާއި އެއަށް ފަހު 3 ދުވަހެވެ.

[ޢީދުދުވަސްލައިގެން] ހަތަރުވަނަ ދުވަހު އިރުއޮއްސުމުން އެކަމުގެ ވަގުތު ނިމޭނެއެވެ. މިއީ ޢިލްމުވެރިން މިކަމުގައި ވިދާޅުވެފައިވާ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅެވެ.

އަދި ފަރުޟު ނަމާދުތަކަށްފަހު ކިޔާ ތަކްބީރު ނިމޭ ވަގުތަކީ އައްޔާމުއް ތަޝްރީގުގެ ދުވަސްތަކުގެ އެންމެ ފަހު ދުވަހުގެ ޢަޞުރުނަމާދު ފަހުންނެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާތައްކުރާ އަދި ފަތުވާދޭ ދާއިމީ ކޮމިޓީ

عبد العزيز بن عبد الله بن باز

عبد الرزاق عفيفي

عبد الله بن غديان

عبد الله بن قعود

 މިފަތުވާގެ އަޞްލު