[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަމަހު ކުރެވޭ ބައެއް ކުށްތައް

1- ރޭގަނޑުގެ ގިނަވަގުތު ނުނިދާ އުޅުން

2- ދުވާލުގެ ވަގުތުތަކުގައި މާ ގިނައިން ނިދުން

3- ބައެއްފަހަރަށް ޖަމާޢަތުގެ ނަމާދު ދޫވުން

4- ރޯދަވީއްލާ ގަޑީގައި ނުވަތަ އެނޫން ގަޑިތަކުގައިވެސް ހަށިގަނޑަށް އުނދަގޫވާވަރަށް، ހަށިގަނޑަށް ލޮޑުކަން އިޙްސާސްކުރެވޭ ވަރަށް ކެއުން

5- މާ ގިނަ ވަޤުތު ކާތަކެތި ތައްޔާރުކުރުމުގައި ހޭދަކުރުން – އަދި މިގޮތަށް މިކަން ވުމުގެ ސަބަބުން އަޅުކަންކުރަން ވާއިރަށް މީހާ ހުންނަނީ ވަރުބަލިކަން އިޙްސާސްކުރަން ޖެހިފައެވެ. އެހެންވުމުގެ ސަބަބުން އެކަށީގެންވާގޮތުގައި އަޅުކަންކުރުމަށް ހުރަސްއެޅެއެވެ.

6- ޓީވީއިން އަންނަ އެކި އެކި ޕްރޮގްރާމްތައް، ސިލްސިލާ ޑްރާމާތައް، ލަވަފަދަ ތަކެތި ބެލުމުގައި ވަޤުތުތައް ހޭދަކުރުން

7- އިނާމު ހުށަހަޅައިގެން ކުރިޔަށް ގެންދާ އެކި އެކި ޖުވާކުޅުމުގެ މުބާރާތްތަކާއި ޖުވާއާއި ވައްތަރު މިފަދަ ކުއިޒުތަކުގައި ބައިވެރިވެ އެކަމުގައި ވަޤުތުތައް ހޭދަކުރުން

8- މިއުޒިކު އަޑުއެހުން

9- މާ އަވަހަށް ހާރު ކެއުމާއި މާ ލަހުން ރޯދަވީއްލުން

10- އަޅުކަންކުރުމުގައި ފަރުވާކުޑަވުން