ނަމާދުކުރުން ނަހީކުރައްވާފައިވާ ވަގުތުތަކުގައި ތަޙިއްޔަތުލް މަސްޖިދުގެ ސުންނަތް ކުރުން
ޢިލްމުގެ އަހުލުވެރިންގެ ބަސްފުޅުތަކުގެ ތެރެއިން މިކަމުގައި އެންމެ ބުރަދަން ހުރި (ރާޖިޙު) ބަސްފުޅަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން ސަބަބީ ނަމާދުތައް (މިސާލަކަށް: ކޭތަ ނަމާދު، ޠަވާފުކޮށްގެން ކުރާ ދެ ރަކުޢަތުގެ ނަމާދު) އެ ވަގުތުތަކުގައި ކުރުން ނަހީކުރައްވާފައި ނުވާ ކަމެވެ.