ދީން ބޭނުންކޮށްގެން ދުނިޔެ ހޯދުމުގެ ނުބައިކަން 2
ފަހެ ތިބާގެ ބަހާއި ޢަމަލުން ﷲ ތަޢާލާގެ ޙަޟްރަތުގައިވާ އެއްޗެއް ހޯދުމަށް މަސައްކަތް ކުރާށެވެ. އެނޫން ކޮންމެ އެއްޗެއް ނެތިގެން ދާނެއެވެ. އަޅަކު ޢަމަލެއްކުރާއިރު ހެޔޮ ނިޔަތެއް ދެއްކުމަށްފަހު ޙަޤީޤަތުގައި ދުނިޔަވީ މަޤްޞަދެއް ޙާޞިލުކުރުމަށް އެކަމެއްކުރާނަމަ ދަންނައެވެ. އެވެގެންދާނީ ޢަމަލީ ނިފާޤުގެ ވައްތަރަކަށެވެ. އިބްނު ރަޖަބު ވިދާޅުވިއެވެ. “ޢަމަލީ ނިފާޤުގެ އެންމެ ބޮޑު އެއް ސިފައަކީ ޢަމަލެއްކުރާއިރު ހެޔޮ ނިޔަތެއްވާކަމަށް ދެއްކުމެވެ. ނަމަވެސް ޙަޤީޤަތުގައި އޭނާ އަކަންކުރަނީ ނުބައި މަޤްޞަދަކަށް ވާސިލުވުމަށްޓަކައެވެ. މިއޮޅުވާލުން ބޭނުންކޮށްގެން، އޭނާގެ ލަނޑުދަޑިއަށް […]
ދީން ބޭނުންކޮށްގެން ދުނިޔެ ހޯދުމުގެ ނުބައިކަން 1
ދީނަކީ، ދުނިޔަވީ ހަޑިތައް ބޭނުންކޮށްގެން ކިލަނބުކުރުން އެކަށީގެންނުވާ، އެއަށްވުރެ މާ އިތްޒަތްތެރި އެއްޗެކެވެ. އަދި އިޚްލާޞްތެރިކަމާއެކު މެނުވީ ހެޔޮޢަމަލުތަކުގެ ބިންގަލެއް ނޭޅޭނެއެވެ. ފަހެ އުޚްރަވީ ޙަޔާތުގެ ޢަމަލުތައް ދުނިޔަވީ މަޤްޞަދަކަށްޓަކައިކޮށްފި މީހަކު ދަންނައެވެ. އެއީ އެމީހަކަށްހުރި ޢުޤޫބާތަކަށް ބަދަލުވެގެންދެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ. ((مَنْ تَعَلَّمَ عِلْمًا يُبْتَغَى بِهِ وَجْهُ اللَّهِ لَا يَتَعَلَّمُهُ إِلَّا لِيُصِيبَ به عَرَضًا مِنَ الدُّنْيَا لَمْ يَجِدْ عَرَفَ الْجَنَّةِ يَوْم الْقِيَامَة)) [رواه أبو داود […]