ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 107
112ވަނަ ޤަވާޢިދު (ޖުމްލަ 189): التَّأْوِيْلُ البَعِيْدُ لَا يُلْتَفَتُ إِلَيْهِ މި ޤަވާޢިދުގެ ތަރުޖަމާ: {ދުރު ތައުވީލަކަށް ނުބެލެވޭނެ} މި ޤަވާޢިދުގެ މުރާދު: ތައުވީލަކީ، ލަފްޒެއް އޭގެ ރާޖިޙު (ޡާހިރު) އިޙްތިމާލުން، މަރުޖޫޙު އިޙްތިމާލަކަށް، ދަލީލަކާ ގުޅިގެން ފުރޮޅައިލުމެވެ. ބުނާ ބަހުގެ އަޞްލަކީ ތައުވީލު ނުކުރެވުން ކަމުގައި ވާއިރު، އަދި އަޞްލު ދޫކޮށްލެވޭނީ އަޞްލާ ޚިލާފަށް ދަލީލެއް ލިބުމުން ކަމުގައި ވުމުން، ތައުވީލު ޞައްޙަވެ ޤަބޫލުވެވުމަށްޓަކައި ތައުވީލުގައި ހުންނަންޖެހޭނޭ ޝަރުޠުތަކެއް، އިސްތިޤްރާއުއަށާއި ޝަރީޢަތުގެ މަޤްޞަދުތަކާއި ރޫޙަށް […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 106
111ވަނަ ޤަވާޢިދު (ޖުމްލަ 189): النَّصُّ الـجَلِـيُّ لَا يَـحْتَمِلُ تَأْوِيْلًا މި ޤަވާޢިދުގެ ތަރުޖަމާ: {النَّصُّ الـجَلِـيُّ އިން، ތައުވީލަކަށް އިޙްތިމާލެއް ނެތް} މި ޤަވާޢިދުގެ މުރާދު: النَّصُّ الـجَلِـيُّ (ފާޅުކަން ބޮޑު ނައްޞު) އަކީ، އޭގެ މުރާދު ސާފުކޮށް ފާޅުކޮށް އެނގެން އޮންނަ އެއްޗެއް ކަމުގައި ވުމުން، އެއިން އެހެން މާނައެއް ލިއްބައިދޭ ކަމަށް އިޙްތިމާލު އުފެދުމުގެ ފުރުސަތެއް ނެތެވެ. ދެން ފަހެ، މި ތަނުގައި މިވާ [ނައްޞު] ގެ ތަޢުރީފު ބަޔާންކުރެއްވުމުގައި ޢިލްމުވެރިން […]
ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 105
110ވަނަ ޤަވާޢިދު (ޖުމްލަ 189): لَا تَأْوِيْلَ إِلَّا بِدَلِيْلٍ މި ޤަވާޢިދުގެ ތަރުޖަމާ: {ދަލީލަކުން މެނުވީ ތައުވީލު ކުރުމެއް ނެތް} މި ޤަވާޢިދުގެ މުރާދު: ތައުވީލު ކުރުމަކީ، ލަފްޒެއް އޭގެ ޡާހިރު މާނައިން، އެއިން އިޙްތިމާލު އުފެދޭ މަރުޖޫޙު މާނައަކަށް ފުރޮޅައިލުމެވެ. އެއީ، އެ މަރުޖޫޙު މާނަ ރާޖިޙުކޮށްދޭ ދަލީލެއް އޮތުމުގެ ސަބަބުންނެވެ. ތައުވީލު ކުރެވޭނީ، އެ ކަމަށް ބާރުދޭ ދަލީލެއް އޮތްނަމައެވެ. ދެން ފަހެ، ނައްޞު ތައުވީލު ކުރުމުގައި ބޭނުން ހިފޭ ދަލީލަކީ، ޤުރުއާނުގެ […]