مَجَالِسُ شَهْرِ رَمَضَانَ – އެގާރަވަނަ މަޖްލިސް
ރޯދައިގެ މުޞްތަޙައްބު އަދަބުތައް ޙަމްދުހުރީ ﷲއަށެވެ. އެއިލާހީ ކަމަކަށް އެދޭމީހާ، އޭނާ އެއެދޭ މިންވަރަށްވުރެ އިތުރަށްވެސް ދެއްވާ އިލާހެވެ. ހިދާޔަތުގެ ނިޢުމަތް ދެއްވިކަމަށްޓަކައި އެއިލާހަށް ޙަމްދު ކުރަމެވެ. ދަލީލުތަކާއި އޭގެ އުޞޫލުތައް އެނގޭ މީހަކު އިޤުރާރުވާ ފަދައިން އެއިލާހު ތަޢާލާގެ ވަޙުދާނިއްޔަތަށް އިޤުރާރުވަމެވެ. އަދި އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަމެވެ. އެކަލޭގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އެކުވެރިޔާ، އަބޫބަކުރުގެފާނަށް ޞަލަވާތް ލައްވާށިއެވެ. އެކަލޭގެފާނަކީ، ރަސޫލުﷲ […]