ނަބަވީ އިރުޝާދުތަކުގެ ތެރެއިން 25

ޢުޘްމާނު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ކީރިތި ޤުރުއާން އުނގެނި، މީސްތަކުނަށް އެ ޤުރުއާން އުގަންނައިދޭ މީހާއެވެ.”
ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން – 7

މާނައީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއުގެ އަރިހުން ރިވާވެގެން ވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “ކަހްފު ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހާ ދައްޖާލުގެ ފިތުނައިން ސަލާމަތްވާ ހުއްޓެވެ.”