| ފޮތުގެ މަޝްހޫރު ނަން: | صَحِيح مُسْلِم (އިމާމުލް މުސްލިމުގެ ޞަޙީޙު) | 
| ފޮތުގެ ފުރިހަމަ ނަން: | المُسْنَدُ الصَّحِيْحُ | 
| މުއައްލިފުގެ ނަން / އަވަހާރަވި ތާރީޚު: | أَبُو الْحُسَيْن مُسْلِم بْن الْحَجَّاج بْن مُسْلِم القُشَيْرِي النَّيْسَابُوْرِي / 261 هــ | 
| މައުޟޫޢު: | ޙަދީޘް | 
| ފޮތުގެ ތަޢާރުފާއި ޚާއްޞަކަން: 
 މިއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ގުޅިފައިވާ ސަނަދުން ރިވާވެގެން އައިސްފައިވާ، ޞައްޙަ ޙަދީޘްތައް ޖަމާކުރައްވައި އިމާމު މުސްލިމު އެކުލަވާލައްވާފައިވާ ފޮތެކެވެ. | އެއީ އެކަލޭގެފާނުގެ ޝައިޚު، އިމާމުލް ބުޚާރީވެސް ޢަމަލުކުރެއްވި ފަދައިންނެވެ. ޖުމްލަގޮތެއްގައި އެކަލޭގެފާނު ޖަމާކުރައްވާފައިވަނީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ޢިލްމުވެރިން ޞައްޙަކަމަށް އިއްތިފާޤުވެ ވަޑައިގަންނަވާފައިވާ ހަދީޘްތަކެވެ. މި ފޮތުގައި ގެންނަވާފައިވަނީ ބާރަހާސް (12000) ޙަދީޘެވެ. އަދި ތަކުރާރު ޙަދީޘްތައް ނުލާ 4000 ޙަދީޘެވެ. ޢިލްމުވެރިން މިފޮތް އަޑުއައްސަވާ، ރިވާކުރެއްވުމަށް ސަމާލުކަންދެއްވާފައިވެއެވެ. ގުޅިފައިވާ ސަނަދުން މި ފޮތް މި ފަހުގެ ޖީލުތަކުގައި މަޝްހޫރުވެފައިވަނީ أبو إسْحَاق إِبْرَاهِيم بْن مُحَمَّد بْن سُفْيَان النَّيْسَابُوْرِي (އަވަހާރަވީ 308 هــ ގައި) ގެ ރިވާޔަތުންނެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަ ފޮތަކީ ޞަޙީޙުލް ބުޚާރީއާއި ޞަޙީޙު މުސްލިމުކަމުގައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވާފައި ވެއެވެ. | 
 
				 
								
















