[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 23

މުސްލިމު ޒުވާނުންގެ މެދުގައި އިލްޙާދު ފެތުރުމަށް މުލްޙިދުން ބޭނުންކުރާ ވަސީލަތްތައް ވަރަށް ގިނައެވެ. އޭގެ ބައެއް ވަސީލަތްތަކުގެ ތެރޭގައި:

– ގަންނަން ލިބެން ހުންނަ އިލްޙާދުގެ ފޮތްތައް ނުވަތަ އިންޓަރނެޓުން ލިބެން ހުންނަ އެފަދަ ފޮތްތައް: އެފަދަ ފޮތްތަކުގައި ކަނޑައެޅިގެން އިލްޙާދަށް ގޮވާލާފައި ނުހުރުން އެކަށީގެންވެއެވެ. ބައެއް ފަހަރު ޞަރީޙަކޮށްވެސް ހުރެދާނެއެވެ. ނުވަތަ މީސްތަކުން ހިތުގައި ދީނާ މެދު ޝައްކު އުފެދޭ ގޮތަށްވެސް ހުރެދާނެއެވެ. ނުވަތަ ޝަރުޢީ ނައްޞުތަކާ މެދުގައި އޮންނަ އިތުބާރު ގެއްލުވާލަން ދައްކާފައި ހުންނަ ވާހަކަތަކެއްވެސް ހުރެދާނެއެވެ. ނުވަތަ އެ ކިޔާ މީހެއްގެ ހިތުގައި ދީނާ މެދު ނަފްރަތު އުފައްދާ ފޮތަކަށްވެސް އެ ފޮތް ވެދާނެއެވެ. ނުވަތަ ދީނަކީ މީހާ ކަސްތޮޅު އަޅުވާ އެއްޗެއްގެ ގޮތުގައި ސިފަކޮށްފައިވެސް އޭގައި ހުރެދާނެއެވެ. މި ގޮތަށް މުލްޙިދުން އެބައިމީހުންގެ މަޅިތައް އިލްޙާދުގެ ސާޙާގެ ތެރެއަށް ދޫކޮށްލައެވެ.

 

– އެކި ބާވަތްތަކުގެ ޗެނަލްތައް: ސާފު ގޮތެއްގައި ނުވަތަ ވަންހަނާވެފައިވާ ގޮތެއްގައި މިފަދަ ވަސީލަތްތަކުން އިލްޙާދު ފަތުރައެވެ. އެގޮތުން ޕްރޮގްރާމެއްގެ ގޮތުގައި ނުވަތަ މުޙާވަރާތަކެއްގެ ގޮތުގައި ނުވަތަ ބަހުސެއްގެ ގޮތުގައި ނުވަތަ ކުޑަ ކުދިންނަށް ނޫނީ ބޮޑެތި މީހުންނަށް ހަދާފައިވާ ފިލްމެއްގެ ގޮތުގައިވެސް އެ ހުރެދާނެއެވެ. އަދި ޑޮކިއުމެންޓަރީ އެއްގެ ގޮތުގައި ވެސް އެ ހުރެދާނެއެވެ. އެފަދަ ޑޮކިއުމެންޓަރީ ތަކުގައި ޑާރވިނިސްމް ފަދަ އިލްޙާދުގެ ނަޒަރިއްޔާތުތަކަށް ގޮވާލާފައި ހުރެއެވެ. ޑޮކިއުމެންޓަރީ އުފައްދާ މަޝްހޫރު ބައެއް ޗެނަލްތަކުން މިއަދު ޢަމަލުކުރަމުން ދަނީ އެފަދައިންނެވެ.

 

– ޒުވާނުންނާ ސީދާ ބައްދަލުކުރުން: ޚާއްޞަ ބައްދަލުވުންތަކުގެ ގޮތުގައި ނުވަތަ ޢާންމު ބައްދަލުވުންތަކުގެ ގޮތުގައި މިކަން ހިނގައެވެ. ނުވަތަ އެކިއެކި ޘަޤާފީ ފެންޑާތަކުގައިވެސް މިކަން ހިނގައެވެ. އެތަންތަނުގައި އެކި ފިކުރުތަކާއި އޮޅުން އަރާ ވާހަކަތައް ދައްކައެވެ.

= ނުނިމޭ =

 


 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް