[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤު – رضي الله عنه –

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ހަތަރު ޚަލީފާއިންނަށް ފަހު ތަފާތު ވެރިކަން އިސްލާމީ އުންމަތް ދެކެފިއެވެ. މިއަދު އުންމަތް ބައިބައިވެ، މުސްލިމުން ނިކަމެތިވެފައިވާ އިރު، މި އުންމަތުގެ އެންމެ ޢަދުލުވެރި އަދި ހެޔޮ ބޭކަލުން އުޅުއްވި ދުވަސްވަރުން ޢިބުރަތް ޙާޞިލުކޮށްގެން މެނުވީ، އަލުން ހެޔޮ ދުވަސްތަކެއް އިޢާދަ ނުކުރެވޭނެއެވެ. މަތިވެރި ޞަޙާބީންގެ ޚަލީފާކަމުގެ ދުވަސްވަރަކީ އަދުގެ ވެރިންނަށް ހުރި ފިލާވަޅުތަކެކެވެ.

މިފޮތަކީ سليمان بن عبد الله الرومي – رحمه الله – ލިޔުއްވާފައިވާ الخلفاء الراشدون، މިފޮތުގެ ފުރަތަމަ ފަޞްލުގެ ތަރުޖަމާއެވެ. އެއީ ފުރަތަމަ ޚަލީފާ، އަބޫބަކުރުއް ޞިއްދީޤު رضي الله عنه ގެ ޚަލީފާކަމުގެ ދުވަސްވަރަށް އަލިއަޅުވާލައްވާފައިވާ ފަޞްލެވެ.

މި ފޮތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި: އެކަލޭގެފާނުގެ ނަސަބާއި، ކުންޔާއާއި، ލަޤަބާއި، އުފަންވުމާއި، ޞިފަފުޅުތަކާއި، އިސްލާމުވެވަޑައިގަތުމާއި، އެކަލޭގެފާނުގެ މާތްކަމާއި، އެކަލޭގެފާނު ޚަލީފާކަމުގެ ބައިޢަތު ހިއްޕެވުމާއި، އެކަލޭގެފާނުގެ ސިޔާސަތާއި، އެކަލޭގެފާނުގެ ޚަލީފާކަމުގައި ކުރެއްވި މުހިންމު ކަންތައް އަދި އެކަލޭގެފާނު އަވަހާރަވުން ހިމެނެއެވެ.

 

ފޮތުގެ ނަން ފުރަތަމަ ޚަލީފާ: އަބޫބަކުރު އައްޞިއްދީޤު – رضي الله عنه –
ތަރުޖަމާކުރީ أم عبد العفو
ޞަފްޙާގެ ޢަދަދު 76 ޞަފްޙާ، A5  ސައިޒް
ފައިލް ސައިޒް 14 mb

 

 

ފޮތް ޑައުންލޯޑު ކުރައްވާ