[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފޮތް: އީމާންކަމުގެ ރުކުންތަކުގެ ތެރެއިން މަލާއިކަތުންނަށް އީމާންވުން

إن الحمد لله نحمده، ونستعينه، ونستغفره، ونعوذ بالله من شرور أنفسنا ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله، صلى الله عليه وعلى آله وسلم تسليما كثيرا. أما بعد:

 

މަލާއިކަތުންނަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން އެކަމަކަށް އީމާންވުމަށް އަޅުގަނޑުމެންނަށް އަންގަވާފައިވާ ދެވަނަ ރުކުނެވެ. އަދި މިއީ އެހާމެ މުހިންމުވެސް ރުކުނެކެވެ. އެހެނީ މަލާއިކަތުންނަކީ އަޅުގަނޑުމެންނަށް ނުފެންނަ، އިންސާނުންގެ ލޯތަކަށް ޣައިބުވެފައިވާ ބަޔަކަށްވާ ހިނދު، އެބޭކަލުންނަކީ ވުޖޫދުގައިވާ ބައެއްކަން އަޅުގަނޑުމެންނަށް އެނގޭނެ ހަމައެކަނި ގޮތަކީ ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ މަތިވެރި ބަސްފުޅުތަކެވެ.

އެގޮތުން މަލާއިކަތުންގެ ވާހަކަތައްވަނީ ކީރިތި ޤުރްއާނުގެ އެތައް ތަނެއްގައި ބަޔާންކުރައްވާފައެވެ. އަދި ކީރިތި ރަސޫލާ صلى الله عليه وسلمވެސް ވަނީ އެބޭކަލުންނާ ބެހޭގޮތުން އެކި އެކި ޚަބަރުތައް އުންމަތަށް ބަޔާންކޮށްދެއްވާފައެވެ.

މަލާއިކަތުންނަށް އީމާންވުމަށް ފަހު، އެބޭކަލުންގެ ޚަބަރުތައް އެނގުމަކީ، އޭގެ ސަބަބުން ނުހަނު ގިނަގުނަ ފައިދާތަކެއްވެސް ލިބިގެންދާނެ ކަމެކެވެ.

މި ފޮތް އެކުލަވާލުމުގައި، ކިޔުންތެރިންނަށް ވީހާވެސް ފަސޭހައިން ދޭހަވާނެ ގޮތަށް ލިޔެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްފައިވާނެއެވެ. އަދި މިއީ އަޅުގަނޑުމެންގެ ޢަޤީދާއާ ގުޅުންހުރި ވަރަށް ޙައްސާސް ކަމަކަށްވާތީ އިތުބާރު ހުރި ވަރަށް ގިނަ ފޮތްތަކުން މަޢުލޫމާތު ނަގާފައިވާނެއެވެ. މައިގަނޑު މަޞްދަރަކަށް ބަލާފައިވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ދަޢުވާގައި ތައުޙީދު ކިޔަވައިދެއްވާ އުސްތާޛު ‘د. محمد باكريم باعبدالله’ ގެ މުޛައްކިރާއެކެވެ. މާތް ﷲ އުސްތާޛަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އާމީން.

ދުޢާއަކީ މި ފޮތުގެ ޛަރީޢާއިން ފައިދާހުރި ގިނަގުނަ މަޢުލޫމާތުތަކެއް، އަޅުގަނޑަށާއި ފޮތް ވިދާޅުވާ ކޮންމެ ބޭފުޅަކަށް ލިބިގެން ދިއުމެވެ.

 

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين.

 

 

ފޮތުގެ ނަން އީމާންކަމުގެ ރުކުންތަކުގެ ތެރެއިން މަލާއިކަތުންނަށް އީމާންވުން
އެކުލަވަލީ ޢަބްދުﷲ ޝަހީދު
ޞަފްޙާގެ ޢަދަދު  56 ޞަފްޙާ
ފައިލް ސައިޒް 2 mb

 

ފޮތްޑައުންލޯޑު ކުރައްވާ