6. ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް
އަބޫ މަސްޢޫދު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެވިއެވެ.
»الآيَتَانِ مِنْ آخِرِ سُورَةِ البَقَرَةِ، مَنْ قَرَأَهُمَا فِي لَيْلَةٍ كَفَتَاهُ« [رواه البخاري (4008)، ومسلم (255 – (807))]
މާނައީ: “ރޭގަނޑެއްގައި ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔަވައިފިމީހަކަށް، އެ ފުދިގެންވެއެވެ.”
މި ޙަދީޘްގެ ޝަރަޙައިގައި އިމާމް ނަވަވީ رحمه الله ވިދާޅުވެފައިވެއެވެ.
“ބުނެވެއެވެ. ޙަދީޘްގައި (ފުދިގެންވުން) މުރާދަކީ ރޭ އަޅުކަމަށް ފުދިގެންވުމެވެ. އަދި އޭގެ މުރާދަކީ ޝައިޠާނާގެ ކިބައިން ފުދިގެންވުންކަމުގައިވެސް ބުނެވެއެވެ. އަދި ޢާފާތްތަކުން ފުދިގެންވުން ކަމުގައިވެސް ބުނެވެއެވެ. އަދި އެއީ ހުރިހާކަމަކުން ފުދިގެންވުންކަމުގައިވެސް ވެދާނެއެވެ.” [شرح مسلم للنووي (6/ 92)]
7. ނިދން ތެދުވެ އާލް-ޢިމްރާން ސޫރަތުގެ ފަހު 10 އާޔަތް
ކުރައިބު رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢައްބާސް رضي الله عنه އެކަލޭގެފާނަށް ޚަބަރުދެއްވިއެވެ.
»أَنَّهُ بَاتَ عِنْدَ مَيْمُونَةَ وَهِيَ خَالَتُهُ : فَاضْطَجَعْتُ فِي عَرْضِ وِسَادَةٍ، وَاضْطَجَعَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَهْلُهُ فِي طُولِهَا، فَنَامَ حَتَّى انْتَصَفَ اللَّيْلُ – أَوْ قَرِيبًا مِنْهُ – فَاسْتَيْقَظَ يَمْسَحُ النَّوْمَ عَنْ وَجْهِهِ، ثُمَّ قَرَأَ عَشْرَ آيَاتٍ مِنْ آلِ عِمْرَانَ، ثُمَّ قَامَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِلَى شَنٍّ مُعَلَّقَةٍ، فَتَوَضَّأَ، فَأَحْسَنَ الوُضُوءَ، ثُمَّ قَامَ يُصَلِّي« [رواه البخاري (992)، ومسلم (763)]
މާނައީ: “އެކަލޭގެފާނު މައިމޫނާގެފާނުގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. އެއީ އެކަލޭގެފާނުގެ (އެބަހީ: އިބްނު ޢައްބާސްގެ) ބޮޑުދައިތައެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) “ތިމަންކަލޭގެފާނު ބާލީހުގެ ހުރަހަށް ވާގޮށް އޮތީމެވެ. އަދި ﷲ ގެ ރާސޫލާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ ރޭގަނޑުގެ ދެބަޔާއި ގާތްވަންދެން އެކަލޭގެފާނު އަވަހަރަފުޅުލެއްޕެވިއެވެ. އެއަށްފަހު އެކަލޭގެފާނު ނިދިން ތެދުވެވަޑައިގެން ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން އެލުވާފައިވާ ފެން ކަންވާރުގެ ކައިރިއަށް ވަޑައިގަތެވެ. ދެން ފުރިހަމަ ވުޟޫއެއް ކުރެއްވިއެވެ. އެއަށްފަހު ތެދުވެވަޑައިގެން ނަމާދުކުރެއްވިއެވެ.”
8. ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށްފަހު އާޔަތުލް ކުރުސި ކިޔުމަށް ބާރުއެޅުއްވިއެވެ.
އުމާމާ رضي الله عنه ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
»مَنْ قَرَأَ آيَةَ الْكُرْسِيِّ فِي دُبُرِ كُلِّ صَلَاةٍ مَكْتُوبَةٍ لَمْ يَمْنَعْهُ مِنْ دُخُولِ الْجَنَّةِ إِلَّا أَنْ يَمُوتَ« النسائي في “السنن الكبرى ” (9848)
މާނައީ: “ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ކުރުސި ކިޔައިފި މީހާ ދަންނައެވެ. މަރުވުން މެނުވީ އެހެން އެއްޗެއް އޭނާ ސުވަރުގެ ވަނުން މަނާނުކުރެއެވެ.”
9. ނަބިއްޔާ صلى الله عليه وسلم ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ބާރުއެޅުއްވިއެވެ.
ޢުޤްބާ ބުނު ޢާމިރު رضي الله عنه ވިދާޅުވިއެވެ.
” أَمَرَنِي رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنْ أَقْرَأَ بِالْمُعَوِّذَاتِ دُبُرَ كُلِّ صَلَاةٍ “. [وصححه الألباني في ” صحيح سنن أبي داود”]
މާނައީ: “ކޮންމެ ނަމާދަކަށް ފަހު އަލްމުޢައްވިޛާތު (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ކިޔުމަށް ﷲ ގެ ރަސޫލާ ތިމަންކަލޭގެފާނަށް އަމުރުކުރެއްވިއެވެ.” أبو داود (1523) وصححه الألباني في “صحيح سنن أبي داود “
10. އަދި މި ތިން ސޫރަތް (ނާސި ސޫރަތް، ފަލަޤް ސޫރަތް އަދި އިޚްލާޞް ސޫރަތް) ހެނދުނާއި ހަވީރު ކިޔުމަށްވެސް
އެކަލޭގެފާނު ބާރުއެޅުއްވިއެވެ.
ނަބިއްޔާ صلى الله عليه وسلم، ޢަބްދުﷲ ބުނު ޚަބީބު رضي الله عنه އަށް ޙަދީޘްކުރެއްވިއެވެ.
»قُلْ: “قُلْ هُوَ اللَّهُ أَحَدٌ”، وَالمُعَوِّذَتَيْنِ، حِينَ تُمْسِي وَتُصْبِحُ ثَلاَثَ مَرَّاتٍ، تَكْفِيكَ مِنْ كُلِّ شَيْءٍ« رواه الترمذي (3575) وصححه، وأبو داود (5082). وصححه النووي في “الأذكار” (ص107)، وحسنه ابن حجر في “نتائج الأفكار” (2/345)، والألباني في “صحيح سنن الترمذي”
މާނައަކީ: “ހެނދުނުވާއިރު އަދި ހަވީރުވާއިރު ތިބާ قُلْ هُوَ اللَّهُ أَحَدٌ އަދި މުޢައްވިޛަތައިން (ނާސި އަދި ފަލަޤި ސޫރަތް) 3 ފަހަރު ކިޔަވާށެވެ. ތިބާއަށް ހުރިހާކަމަކުން އެ ފުދިގެންވާނެއެވެ.”
ފަހެ މިއީ ހެނދުނާއި ހަވީރު ކިޔުމަށް ސުންނަތުގައި ޘާބިތުވެގެންވާ ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުން ޖަމާކުރުމަށް ފަސޭހަވެގެންވީ މިންވަރެވެ.
والله أعلم.
أسأل الله أن ينفعنا بهذه!
=ނިމުނީ=
______________________________
މިއީ މިލިންކުގައިވާ ލިޔުން އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.