[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 20

40- ބަލިފެތުރިދާނެތީ އަތާއި އަތްޖޯޑުކޮށް ސަލާމް ނުކުރުން

 

عن عمرو بن الشريد، عن أبيه، قال: كَانَ فِي وَفْدِ ثَقِيفٍ رَجُلٌ مَجْذُومٌ، فَأَرْسَلَ إِلَيْهِ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ (إِنَّا قَدْ بَايَعْنَاكَ فَارْجِعْ) [1]

މާނައީ: ޢަމްރު ބުން އައްޝަރީދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ.

ޘަޤީފް ވަންހައިގެ ވަފުދުގައި ޖުޒާމްބަލި ޖެހިފައި ހުރި މިހަކު ހުއްޓެވެ. އޭނާގެ ގާތަށް މީހަކު ފޮނުއްވައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިބާގެ ކިބައިން ބައިޢަތު ހިފައިފީމެވެ. ފަހެ ތިބާ އެނބުރި ދާހުށިކަމެވެ.”

އެކަލޭގެފާނު ބަޢިއަތު ހިއްޕެވީ އޭނަގެ އަތުގައި ހިއްޕެވުމެއް ނެތި ހަމައެކަނި އަނގަ ބަހުން ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. [2]

 

 

41- ގައިންގަޔަށް އަރާ ބައްޔެއް ޖެހިފައިވާ މީހުންނާ ކައިރިވެ އުޅުމުން ދެރުހެލިވުން

 

ﷲ تعالى ވަޙީކުރައްވާފައިވޭއެވެ.

﴿ وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ﴾ [3]

މާނައީ: ”އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفسތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!”

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: (لَا يُورِدَنَّ مُمْرِضٌ عَلَى مُصِحٍّ) [4]

މާނައީ: އަބޫހުރައިރާ رضى الله عنه ރިވާކުރެއްވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ”ބަލިޖެހިފައިވާ ޖަމަލު ޞިއްހަތު ރަނގަޅު ޖަމަލާއި ކައިރިނުކުރާ ހުށިކަމެވެ.”

وعنه رضي الله عنه قال سمعت النبي صلى الله عليه وسلم يقول: (فِرَّ مِنَ الْمَجْذُومِ كَمَا تَفِرُّ مِنَ الأَسَدِ) [5]

އަދިވެސް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެއްސެވިކަމަށް އަބޫހުރައިރާ رضى الله عنه ރިވާކުރެއްވިއެވެ.

މާނައީ: ”ތިޔަބައިމީހުން ސިންގާގެ ކިބައިން ފިލަން ދާ ފަދައިން ޖުޒާމްބަލި ޖެހިފައިވާ މީހާގެ ކިބައިން  ފިލަންދާ ހުށިކަމެވެ.”

ބުހޫތީ رحمه الله ވިދާޅުވިއެވެ. [6]

“ޖުޒާމް ބަލި ޖެހިފައިވާ މީހަކަށް ޞިއްހަތު ރަނގަޅު މީހުންނާއި މަސްހުނިވެ އުޅުން ޢާންމު އުސޫލެއްގެ ގޮތުން ހުއްދަވެގެން ނުވެއެވެ. އަދި ޞިއްހަތު ރަނގަޅު ވަކި ފަރުދަކާވެސް ގާތްވުން އޭނާގެ އިޒުނަޔަކާއި ނުލައި ހުއްދަވެގެން ނުވެއެވެ. އެކަން މަނާކޮށް އެމީހުން ބޭތިއްބުމަށް ވަކިތަނެއް ހަމަޖެއްސުން ފަދަ އިންތިޒާމުތައް ވެރިކަމުގެފަރާތުން ކުރިޔަށް ގެންދަންވާނެއެވެ.”

 

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

 

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

 

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

 

[1] رواه المسلم: (2231)

[2] مرقاة المفاتيح علي مشكا المصابيح: (7/2896)

[3]  البقرة:  195

[4] مسلم: (2221)     رواه البخاري: (5771)

[5] رواه البخاري: (5707)

[6] كشاف القناع علي المتن الإقناع: (6/126)