[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވިތުރީގައި ކިޔާ ޤުނޫތު 4

އަށްވަނަ ކަންތައް: ދުޢާކުރާއިރު ދުޢާގައި ހިމެނުމުގެ ބޭނުމެއް ނެތް ލަފްޒުތައް ދޫކޮށްލުން.

މިޘާލަކަށް اللّهُمَّ انْصُرِ المُجاَهِدِيْنَ فِي سَبِيْلِكَ  (މާނަ: “ޔާ ﷲ! އިބަ މަގުގައި ހަނގުރާމަ ކުރާ މުޖާހިދުންނަށް ނަސްރުދެއްވާންދޭވެ.”)

މިދުޢާ ކުރާއިރުގައި فِي كُلِّ مَكاَنٍ (މާނަ : “ކޮންމެ ތަނެއްގައި ހަނގުރާމަކުރާ”) މިދުޢާއަށް އިތުރުކޮށް ނުވަތަ މިފަދައިން އިތުރުކޮށް  فَوْقَ كُلِّ أَرْضٍ وَتَحْتَ كُلِّ سَماَءٍ މާނަ: (“ކޮންމެ ބިމެއްގެ މަތީގައިވާ އަދި ކޮންމެ އުޑެއްގެ ދަށުގައިވާ”) ނުވަތަ މިނޫނަސް ކޮންމެހެން ބޭނުމެއް ނެތް ލަފްޒުތައް އިތުރުކުރުން ހިމެނެއެވެ. އެހެނީ މީގެ ބައެއް ލަފްޒުތަކަކީ ޝަރީޢަތުގައި ދޫކޮށްލެވިފައިވާ އެލަފްޒުތަކުގެ މާނައިގައި އިޙްތިމާލް އުފެދިފައިވާ ލަފްޒުތަކެވެ.

އެފަދަ ލަފްޒެއް ކަމުގައިވާ  الشُّعَبُ (މާނަ: ޖަމާޢަތް) ލައިގެން އަމިއްލައަށް ހަދާފައިވާ ދުޢާއެއްގައިވެއެވެ.

(وَاجْعَلْهُمْ رَحْمَةً لِشُعُوْبِهِمْ)

މާނަ : “އެބައިމީހުންނަކީ އެބައިމީހުންގެ ޖަމާޢަތަށްވާ ރަޙްމަތެއްކަމުގައި ލާއްވާށިއެވެ.”

މިލަފްޒަކީ ޔަހޫދީން އެބައިމީހުންނަކީ ﷲ އިޚްތިޔާރުކޮށްފައިވާ ޖަމާޢަތޭ ބުނުމުގެ ގޮތުން ބޭނުންކުރާ ލަފްޒެކެވެ.

 

ނުވަވަނަ ކަންތައް: އިމާމު މީހާ ދުޢާ ކުރާއިރު ޢާންމުންނަށް މުޚާޠަބު ކުރެވިފައި ނުވާ އަދި ކޮންމެވެސް ޙާލަތަކަށް، އަނިޔާއަކަށް ނުވަތަ ކާމިޔާބަކަށް ޚާއްސަކޮށް ވާރިދުވެފައިވާ ދުޢާތަށް ނުކިޔުން.

އޭގެ މިޘާލެއްގެ ގޮތުން މޫސާގެފާނު ކުރެއްވި ދުޢާ ﴿ وَاجْعَلْ لِي وَزِيرًا مِنْ أَهْلِي * هَارُونَ أَخِي ﴾ [طه: 29، 30]

 މާނަ : “އަދި ތިމަންކަލޭގެފާނުގެ أهل ވެރިންގެ ތެރެއިން ވާގިވެރިޔަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ! (އެއީ) ތިމަންކަލޭގެފާނުގެ أخ هارون ގެފާނެވެ.”

 އަދި  ހަމަ އެފަދައިން  އިމާމުމީހާ މައުމޫމުންގެ ހާޒިރުގައި  ދުޢާ ކިޔާއިރު މިފަދައިން ކިޔުން:

اللَّهُمَّ أَحْيَانا ما كانَت الحَياةُ خَيرًا لَناَ، وَتَوَفَّنَا إِذَا كانَتِ الوَفاةُ خيرًا لَناَ  

މާނައީ : އޭﷲ! ދިރިހުރުމަކީ ހެޔޮކަމެއް ކަމުގައި ވާނަމަ އަހަރެމެން ދިރިލަހައްޓަވައިފާނދޭވެ. އަދި މަރުވުމަކީ ހެޔޮކަމެއްކަމުގައިވާނަމަ އަހަރެމެން މަރުގަންނަވާފާނދޭވެ.

މިއީ ބުޚާރީއާއި މުސްލިމްގައި އައިސްފައިވާ ޙަދީޘްއެކެވެ. އަނަސް ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((لَا يَتَمَنَّيَنَّ أَحَدُكُمُ المَوْتَ مِنْ ضُرٍّ أَصَابَهُ، فَإِنْ كَانَ لاَ بُدَّ فَاعِلًا، فَلْيَقُلْ: اللَّهُمَّ أَحْيِنِي مَا كَانَتِ الحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الوَفَاةُ خَيْرًا لِي)) [1]  

މާނައީ: “އެއްވެސް މީހެއް އޭނާއަށް ގެއްލުމެއް ކުރިމަތިވާ ހިނދުގައި މަރުވުމަށް ނޭދޭށެވެ. އެހެނަސް އެފަދަ ޙާލަތުގައި އޭނާ ބުނާށެވެ! ދިރިހުރުމަކީ ހެޔޮކަމެއް ކަމުގައި ވާނަމަ އަހުރެން ދިރިލަހައްޓަވައިފާނދޭވެ. އަދި މަރުވުމަކީ ހެޔޮކަމެއްކަމުގައިވާނަމަ އަހުރެން މަރުގަންނަވާފާނދޭވެ.”

ދިހަވަނަ ކަންތައް: މައުމޫމުން ފޫހިކުރުވާގޮތަށް ދުޢާކުރުމެއް އިމާމުންގެ މައްޗަށް ނުވެއެވެ. އަދި މައުމޫމުން ގިނަވަގުތު ތަކަކަށް ދުޢާކުރުމުގައި ކޮޅަށް ބެހެއްޓުމެއްވެސް އިމާމުންގެ މައްޗަކަށް ނުވެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ކިބައިން ޘާބިތު ނުވާ، އަލަށް އުފައްދާފައިވާ ދުޢާތަކާ ނުވަތަ ޝަރީޢަތުގައި ވާރިދުވެގެން އައިސްފައިވާ ދުޢާއެއްކަމާމެދު ޝައްކު އުފެދިފައިވާ ދުޢާތަކާ އިމާމުން ދުރުހެލިވުން ހުއްޓެވެެ.

= ނުނިމޭ =

___________________

މިއީ الشيخ بكر بن عبدالله أبو زيد ލިޔުއްވާފައިވާ دعاء القنوت في الوتر ގެ ތަރުޖަމާއެވެ.

އެހެނިހެން ބައިތައް

 

[1] صحيح البخاري، رقم الحديث:  (5671).