* ފަރުޟު ފަސްނަމާދުގައި ޤުނޫތު ކިޔުމުގެ ޙުކުމް
މިކަމުގައި ޢިލްމުވެރިންގެ އަރިހުގައި ރާޖިޙު ބަސްފުޅަކީ ބޮޑުކަމެއް ދިމާވުމުން ފަރުޟު ފަސްނަމާދުގައި ޤުނޫތު ކިޔުން މުސްތަޙައްބުވެގެން ވުމެވެ. އެއީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޞައްޙަ މަގުން ޘާބިތުވެފައިވާ ކަމެކެވެ. [1]
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
قَنَتَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَهْرًا مُتَتَابِعًا فِي الظُّهْرِ، وَالْعَصْرِ، وَالْمَغْرِبِ، وَالْعِشَاءِ، وَالصُّبْحِ، فِي دُبُرِ كُلِّ صَلَاةٍ. [2]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ޖެހިޖެހިގެން މަސްދުވަސް ވަންދެން، މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދުގެ ފަހު (ރަކުޢަތުގައި) ޤުނޫތު ކިޔުއްވިއެވެ.”
* ހުކުރު ނަމާދުގައި ޤުނޫތު ކިޔުން
ހުކުރު ނަމާދުގައި ނަބިއްޔާ صلى الله عليه وسلم ޤުނޫތު ކިޔުއްވިކަމަށް އަދި ޞަޙާބީންގެ ތެރެއިން އެއްވެސް ބޭފުޅެއްވެސް ޤުނޫތު ކިޔުއްވިކަމަށް ޞައްޙަ ޙަދީޘަކުން އަދި ޟަޢީފު ޙަދީޘަކުންވެސް އެނގޭކަށް ނެތެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ އިސްވެ ދިޔަ ޙަދީޘްގައިވެސް ފަރުޟު ފަސް ނަމާދުގެ ވާހަކަ ޛިކުރުކުރެއްވިއިރު، ހުކުރު ނަމާދުގެ ވާހަކަ ގެންނަވާފައެއް ނުވެއެވެ.
“قَنَتَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ شَهْرًا مُتَتَابِعًا فِي الظُّهْرِ، وَالْعَصْرِ، وَالْمَغْرِبِ، وَالْعِشَاءِ، وَالصُّبْحِ، فِي دُبُرِ كُلِّ صَلَاةٍ…” [3]
“ރަސޫލުﷲ صلى الله عليه وسلم ޖެހިޖެހިގެން މަސްދުވަސް ވަންދެން، މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި، މަޣްރިބު ނަމާދާއި، ޢިޝާ ނަމާދާއި، ފަތިސް ނަމާދުގެ ފަހު (ރަކުޢަތުގައި) ޤުނޫތު ކިޔުއްވިއެވެ.”
ހުކުރު ނަމާދުގައި ޤުނޫތު ކިޔަން ނުޖެހޭކަމަށް ވިދާޅުވާ ޢީލްމުވެރިން ބަޔާންކުރައްވާ ޢިއްލަތަކީ (ސަބަބަކީ) ހުކުރު ނަމާދު ޚުޠުބާގައި އިމާމު ދުޢާ ކުރުމުން މައުމޫމުން އާމީން ކިޔާކަމެވެ. އެހެނީ އެމަޤާމުގައި މުޞީބާތުން ސަލާމަތްކޮށްދެއްވުން އެދި ދުޢާ ކުރެވޭނެއެވެ. އެހެންކަމުން ހުކުރު ނަމާދުގެ ތެރޭގައި ޤުނޫތު ނުކިޔަސް ފުދޭނެއެވެ.
އިބްނު ތައިމިއްޔާއާއި [4] އިބްނުލް މުންޛިރުގެ [6] ރައުޔަކީ މިއެވެ. [7]
* ޤުނޫތު ކިޔާނީ ނަމާދުގެ ކޮން މަޤާމެއްގައި؟
ޤުނޫތު ކިޔާނީ ނަމާދުގެ ކޮން މަޤާމެއްގައި ކަމާމެދު ޢިލްމުވެރިންގެ އަރިހުން ތިން ބަސްފުޅެއް އައިސްފައިވެއެވެ.
ފުރަތަމައީ: ޤުނޫތު ކިޔާނީ ރުކޫޢުއިން ތެދުވެފައެވެ. [8]
ދަލީލަކީ އިމާމް އަލްބުޚާރީއާއި އިމާމް މުސްލިމު ރިވާކުރައްވާފައިވާ ޙަދީޘެވެ.
سُئِلَ أَنَسُ بْنُ مَالِكٍ: أَقَنَتَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي الصُّبْحِ؟ قَالَ: نَعَمْ، فَقِيلَ لَهُ: أَوَقَنَتَ قَبْلَ الرُّكُوعِ؟ قَالَ: «بَعْدَ الرُّكُوعِ يَسِيرًا» [9]
މާނައީ: އަނަސް ބުން މާލިކުގެ އަރިހުގައި ސުވާލު ދެންނެވުނެވެ. “ނަބިއްޔާ صلى الله عليه وسلم ފަތިސް ނަމާދުގައި ޤުނޫތު ކިޔުއްވި ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “އާދޭހެވެ.” އެކަލޭގެފާނަށް ދެންނެވުނެވެ. “ޤުނޫތު ކިޔުއްވީ ރުކޫޢުގެ ކުރިން ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “ރުކޫޢުގެ ފަހުން ކުރުކޮށެވެ.”
ދެވަނައީ: ޤުނޫތު ކިޔާނީ ރުކޫޢުގެ ކުރިންނެވެ. [10]
ދަލީލަކީ ބިއުރު މަޢޫނާގެ ޙާދިޘާ ޛިކުރު ކުރައްވާ، އަނަސް رضي الله عنه ގެ އަރިހުން ޞަޙީޙުލް ބުޚާރީގައި ގެންނަވާފައިވާ ޙަދީޘެވެ.
«فَدَعَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَيْهِمْ شَهْرًا فِي صَلاَةِ الغَدَاةِ، وَذَلِكَ بَدْءُ القُنُوتِ، وَمَا كُنَّا نَقْنُتُ» … وَسَأَلَ رَجُلٌ أَنَسًا عَنِ القُنُوتِ أَبَعْدَ الرُّكُوعِ أَوْ عِنْدَ فَرَاغٍ مِنَ القِرَاءَةِ؟ قَالَ: «لاَ بَلْ عِنْدَ فَرَاغٍ مِنَ القِرَاءَةِ» [11]
މާނައީ: “ފަހެ، ނަބިއްޔާ صلى الله عليه وسلم މަސްދުވަސް ވަންދެން ފަތިސް ނަމާދުގައި އެބައިމީހުންގެ މައްޗަށް ބަދުދުޢާ ކުރެއްވިއެވެ. އަދި ޤުނޫތު ކިޔުން ފެށުނީ އެހިސާބުންނެވެ. އޭގެ ކުރިން ތިމަންބޭކަލުން ޤުނޫތު ނުކިޔަމެވެ.” މީހަކު ޤުނޫތާ ބެހޭގޮތުން އަނަސްގެފާނުގެ އަރިހުގައި ސުވާލު ދެންނެވިއެވެ. ޤުނޫތު ކިޔުއްވީ ރުކޫޢުގެ ފަހުން ހެއްޔެވެ؟ ނުވަތަ ޤުރުއާން ކިޔަވާ ނިމުމަށްފަހު ހެއްޔެވެ؟ އަނަސްގެފާނު ވިދާޅުވިއެވެ. “ނޫނެކެވެ. އެހެނެއްކަމަކު، ޤުރުއާން ކިޔަވާ ނިމުމަށް ފަހެވެ.”
ތިންވަނައީ: ރުކޫޢުގެ ކުރިން ނުވަތަ ފަހުން ޤުނޫތު ކިޔުމަށް އިޚްތިޔާރު ލިބިގެންވެއެވެ. [12]
ދަލީލަކީ އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވާ އަންނަނިވި ބަސްފުޅެވެ.
سُئِلَ عَنِ الْقُنُوتِ فِي صَلَاةِ الصُّبْحِ، فَقَالَ: «كُنَّا نَقْنُتُ قَبْلَ الرُّكُوعِ وَبَعْدَهُ». [13]
މާނައީ: ފަތިސް ނަމާދުގައި ޤުނޫތު ކިޔުމާ ބެހޭގޮތުން އެކަލޭގެފާނާ ސުވާލު ކުރެއްވުމުން ވިދާޅުވިއެވެ. “ތިމަންބޭކަލުން ރުކޫޢުގެ ކުރިން އަދި ފަހުންވެސް ޤުނޫތު ކިޔަމެވެ.”
މި ތިން ބަސްފުޅުގެ ތެރެއިން މި މައްސަލައިގައި ރާޖިޙު ބަސްފުޅަކީ ތިންވަނަ ބަސްފުޅެވެ. – والله أعلم – އެއީ ޢުމަރު رضي الله عنه އާއި ޢުޘްމާނު رضي الله عنه ފަދަ ބައެއް ޞަޙާބީބޭކަލުންގެ އަރިހުންވެސް އެފަދައިން ޘާބިތުވެފައި ވާތީއެވެ. [14]
އިމާމު އަލްބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ القُنُوتِ قَبْلَ الرُّكُوعِ وَبَعْدَهُ ގެ ނަމުގައި ބާބެއްވެސް ގެންނަވާފައިވެއެވެ. އަދި އިބްނު ޙަޖަރާއި، [15] ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާއި، [16] އިބްނު ޢުޘައިމީން [17] އަދި އަލްއަލްބާނީ [18] ފަދަ ގިނަ މުޙައްޤިޤުން އިޚްތިޔާރުކުރައްވާފައިވާ ބަސްފުޅަކީވެސް މިއެވެ. [19]
* ޤުނޫތު ކިޔާނީ ބާރަށްތަ ނުވަތަ ސިއްރުންތަ؟
އަޑުހަރުކޮށް ކިޔަވާ ނަމާދުތަކާއި ސިއްރުން ކިޔަވާ ނަމާދުތަކުގައިވެސް، ޤުނޫތުއްނާޒިލާގައި އިމާމުމީހާ ބާރަށް ޤުނޫތު ކިޔުން މުޞްތަޙައްބު ވެގެންވާކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އަދި އިމާމުގެ ދުޢާއަށް މައުމޫމުން އާމީން ކިޔުންވެސް ޘާބިތުވެފައިވެއެވެ. [20]
އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
يَجْهَرُ بِذَلِكَ. [21]
މާނައީ: “އެފަދައިން އަޑުހަރުކޮށް ދުޢާކުރައްވައެވެ.”
އަދި އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްގައިވެއެވެ.
وَيُؤَمِّنُ مَنْ خَلْفَهُ. [22]
މާނައީ: “އަދި އެކަލޭގެފާނުގެ ފަހަތުގައި ތިއްބެވި ބޭކަލުން އާމީން ވިދާޅުވިއެވެ.”
= ނުނިމޭ =
________________________
[1] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 74 ، 75).
[2] رواه أحمد / رقم: 2746 ، وأبو داود / كتاب: باب تفريع أبواب الوتر / باب: القنوت في الصلوات / رقم: 1443 ، والحاكم / كتاب: الطهارة / رقم: 820 ، وحسنه الألباني في الإرواء (2 / 163).
[3] رواه أحمد / رقم: 2746 ، وأبو داود / كتاب: باب تفريع أبواب الوتر / باب: القنوت في الصلوات / رقم: 1443 ، والحاكم / كتاب: الطهارة / رقم: 820 ، وحسنه الألباني في الإرواء (2 / 163).
[4] ބައްލަވާ: الإنصاف (4 / 138).
[5] ބައްލަވާ: الأوسط (4 / 123).
[7] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 78 ، 81).
[8] ބައްލަވާ: المهذب (1 / 274) ، وروضة الطالبين (1 / 255) ، والمجموع (3 / 459) ، والمنهاج (5 / 181) ، المغني (2 / 581) ، وزاد المعاد (1 / 281) ، وحاشية الروض (2 / 189).
[9] رواه البخاري / كتاب: أبواب الوتر / باب: القنوت قبل الركوع وبعده / رقم: 1001 ، ومسلم / كتاب: المساجد ومواضع الصلاة / باب: استحباب القنوت في جميع الصلاة إذا نزلت بالمسلمين نازلة / رقم: 298 – (677).
[10] ބައްލަވާ: الاستذكار (2 / 284) ، والتسهيل (2 / 338) ، ونور الحق الصبيح (2 / 445) ، والمغني (2 / 582) ، والحاوي الكبير (2 / 154).
[11] رواه البخاري / كتاب: المغازي / باب: غزوة الرجيع، ورعل، وذكوان، وبئر معونة، وحديث عضل، والقارة، وعاصم بن ثابت، وخبيب وأصحابه/ رقم: 4088.
[12] ބައްލަވާ: الاستذكار (2 / 284) ، والجامع لأحكام القرآن (2 / 129) ، والمغني (2 / 582) ، ومجموع الفتاوى (23 / 100).
[13] رواه ابن ماجه / كتاب: إقامة الصلاة، والسنة فيها / باب: ما جاء في القنوت قبل الركوع وبعده / رقم: (1183) ، و صححه الألباني في المشكاة (1294).
[14] ބައްލަވާ: الإرواء (2 / 171)، والمغني (2 / 582 – 583).
[15] ބައްލަވާ: فتح الباري (2 / 632).
[16] ބައްލަވާ: مجموع الفتاوى (23 / 100).
[17] ބައްލަވާ: الشرح الممتع (4 / 64).
[18] ބައްލަވާ: الإرواء (2 / 171).
[19] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 82 ، 84).
[20] ބައްލަވާ: جامع المسائل في أحكام قنوت النوازل لسعد بن صالح الزيد (ص: 85 ، 87).
[21] رواه البخاري / كتاب: تفسير القرآن / باب: ﴿ليس لك من الأمر شيء﴾ [آل عمران: 128] / رقم: 4560.
[22] رواه أحمد / رقم: 2746 ، وأبو داود / كتاب: باب تفريع أبواب الوتر / باب: القنوت في الصلوات / رقم: 1443 ، والحاكم / كتاب: الطهارة / رقم: 820 ، وحسنه الألباني في الإرواء (2 / 163).