ހަމްޒާ ލިޔެވިގެން ދިޔަ ގޮތް
ޢަރަބި ބަހުގައި ކިޔެވޭ އަކުރުތަކުގެ އަދަދަކީ 29 އެވެ. ނަމަވެސް (ކުރީގައި) ލިޔެވޭ އަކުރުތަކުގެ އަދަދަކީ 28 އެވެ . ނުލިޔެވޭ އަކުރަކީ ހަމްޒާއެވެ ، ހަމްޒާއަކަށް ވަކި ޚާއްޞަ ރަމްޒެއް އޭރަކު ނުވެއެވެ . ހަމްޒާ ކަލިމާގެ ކުރީގައިވާނަމަ ލިޔެވެނީ އަލިފެއްގެ ސިފާގައެވެ ކަލިމާގެ މެދުގައި ނުވަތަ ފަހަތުގައި ވާނަމަ ލިޔެވެނީ އަލިފު ،ވާވު ނުވަތަ ޔާއެއްގެ ސިފާގައެވެ، މިހާރުގެ އިމްލާ ޤަވާޢިދުގެ މަތިން ފޮޅުވަތް މަތީގައި ލިޔެވޭ ހަމްޒާ އޭރު އެއްވެސް ސިފައެއްގައި ނުލިޔެވެއެވެ. އެހެންނަމަވެސް އެހަމްޒާ އޮންނަ މަޤާމު އިނގި އެއަކުރު ކިޔާ ހަދައެވެ.
* ހަމްޒާ ކަލިމާގެ ކުރީގައިވާނަމަ ލިޔެވުނީ އަލިފެއްގެ ސިފާގައެވެ . މިސާލު:
اذا (إذا ) މިކަލިމާގެ ކުރީގައި އެވަނީ ހަމްޒާއެވެ އަދި ފަހަތުގައި އެވަނީ އަލިފެވެ .ފާހަގަކޮށްލެވޭ ކަމަކީ ހަމްޒާ އަދި އަލިފު ލިޔެވިފައި އެވަނީ އެއްވެސް ތަފާތެއް ނެތި އެއް ސިފައެއްގައެވެ.
* ހަމްޒާ ކަލިމާގެ މެދުގައި ނުވަތަ ފަހަތުގައިވާނަމަ ލިޔެވެނީ އަލިފު ، ވާވު ނުވަތަ ޔާ އެއް ގޮތަށެވެ.
ކަލިމާގެ މެދުގައި
މިސާލު:
ކަލިމާގެ ފަހަތުގައި
މިސާލު:
* ހަމްޒާ ކަލިމާގެ މެދުގައި ނުވަތަ ފަހަތުގައިވާނަމަ ލިޔެވިގެން ނުދާ ޙާލަތްތަކެއްވެސް ވެއެވެ އެއީ މިހާރުގެ އިމްލާގެ ޤަވާއިދުންނަމަ ފޮޅުވަތް މަތީގައި ހަމްޒާ ލިޔެވޭ ޙާލަތްތަކެވެ.
ކަލިމާގެ މެދުގައި
ކަލިމާގެ ފަހަތުގައި
މިސާލު:
ހަމްޒާ އަށް ޚާއްޞަ ރަމްޒެއް އުފެދިގެން އައިގޮތް
ހަމްޒާއަށް ވަކި ރަމްޒެއް ކަނޑައެޅުނީ އަކުރުތަކުގައި ނުކުތާވެސް ޖެހުނު ފަހުންނެވެ .ހަމްޒާގެ ރަމްޒު އީޖާދު ކުރެއްވި ބޭކަލަކީ އަލްއިމާމް އަލްޚަލީލް ބިން އަޙްމަދް އަލްފަރާހީދީ -رحمه الله- އެވެ. އެގޮތުން ހަމްޒާގެ މަޚްރަޖާއި އެންމެ ގާތް އަނކުރެއްކަމުގައިވާ ع އިޚްތިޔާރުކުރައްވާ އެ އަކުރުގެ ބޯ ނަންގަވާ އެއީ ހަމްޒާގެ ރަމްޒެއްކަމުގައި ހެއްދެވެވިއެވެ.
އެއަށް ފަހު ހަމްޒާ އިމްލާގެ ޤަވާއިދުގެ މަތިން ލިޔެވިގެން ދިޔައެވެ . ( ހަމްޒާ ލިޔުމުގެ ޤަވާއިދު ދެނެގަތުމަށް ކުރީގެ ފިލާވަޅު ބައްލަވާ )
(الأصل : حروف العربية و تتطور كتابتها و نقطها للشيخ أيمن سويد)
*****************************