[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނޫހުގެފާނުގެ ވާހަކަ – 9

  • ރަސޫލު ބޭކަލެއް ފޮނުއްވުން

 

ހަމަޔަޤީނުން ވެސް ﷲ ތަޢަލާ ހުރިހާ ޢާދަމުގެ ދަރިންނަށް ބަސް ވަޙީ ނުކުރައްވައެވެ. އަދި މި ގޮތަށް ކަން ނުކުރާށޭ އަދި މިވެނި ގޮތަކަށް ޢަމަލު ނުކުރާށޭ، މިފަދައިން ކޮންމެ އިންސާނަކަށް ﷲ ތަޢާލާ މުޚާތަބު ނުކުރައްވައެވެ. މި ދުނިޔޭގައި އުޅޭ ރަސްރަސްކަލުންނަށް ބަލާށެވެ. އެ މީހުންގެ ބެލުމުގެ ދަށުގައިވާ ހުރިހާ އެންމެން ކައިރިއަށް ވަކި ވަކިން ގޮސް މިވެނި ގޮތަށް ޢަމަލު ނުކުރާށޭ އަދި މިވެނި ގޮތަށް ޢަމަލު ކުރާށޭ މި ގޮތަށް ނުބުނާނެއެވެ. އެ މީހުންވެސް މުޚާތަބު ކުރަނީ ވަކި ޚާއްސަ ބަޔަކާއެވެ.

ރަސްރަސްކަލުންނީ ޢާދަމުގެ ދަރިންނެވެ. ކޮންމެ މީހަކަށް ވެސް، އެ މީހުންނާއި ބައްދަލުކުރެވިދާނެއެވެ. އަދި އެ މީހުން ދައްކަވާ ވާހަކަތައް އަޑު އެހިދާނެއެވެ. އެކަމަކު އެއްވެސް ޢާދަމުގެ ދަރިޔަކަށް ދުނިޔޭގައި ﷲ ފެނުމުގެ ކުޅަދާނަކަމެއް ލިބިގެންނެއް ނުވެއެވެ. އެ އިލާހު ތަޢާލާ އާއި ކޮންމެ ޢާދަމުގެ ދަރިއަކަށް ވާހަކަ އެއް ނުދެއްކޭނެއެވެ. އަދި އެ އިލާހު ވަޙީކުރައްވާ ބަސްފުޅެއް އަޑެއް ވެސް ނީވޭނެއެވެ. މިކަންކަމުގެ ކުޅަދާނަކަން ލިބޭނީ ﷲ އިރާދަކުރެއްވި އަޅަކަށެވެ. އެހެންކަމުން ﷲ ގެ ދީން ބަޔާންކޮށް އަދި ނަސޭޙަތް ދިނުމަށްޓަކައި، އެ މީހުންގެ ތެރެއިން ރަސޫލެއް، އެމީހުން ކައިރިއަށް ފޮނުއްވުމަށް ﷲ އިރާދަކުރެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

ނޫޙުގެފާނުގެ ވާހަކަ