[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުއައްޛިނުން( ބަންގި ގޮވާމީހުން)

mqdefault

تأليف : الشيخ وحيد عبدالسلام بالي

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މުއައްޛިނުން( ބަންގި ގޮވާމީހުން)

އެއީ ހަތެރެކެވެ.

1 – ބިލާލު ބިން ރަބާޙް ( ރަޟިޔަﷲ ޢަންހު ) : އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް، އެއްމެ ފުރަތަމަ ބަންގި ގޮވައިދެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ޞަޙާބީއެވެ. އަބޫބަކުރު ރަޟިޔަﷲ ޢަންހު، ބިލާލު ބިން ރަބާޙު  އަޅެއްގެ ގޮތުގައިވަނިކޮށް، ބައްލަވައިގަތުމަށްފަހު މިނިވަން ކުރެއްވިއެވެ. ދެން ފަހެ އެކަލޭގެފާނު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެންމެ އަރިސް ބޭކަލުންގެ ތެރޭގެގައި،  އެކަލޭގެފާނާއިއެކުގައި ހުރިހާވަޤުތެއް ހޭދަކުރައްވަން ފެއްޓެވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކުގައި ހުރިހާ ހަނގުރާމައެއްގައިވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވާހަރަވެ ވަޑައިގެންނެވީ ހިޖުރައިން 20 ވަނަ އަހަރު ޝާމުގައެވެ. [1].

2 – ޢަމްރު ބުން އުއްމު މަކްތޫމް ( ރަޟިޔަﷲ ޢަންހު ) : އެކަލޭގެފާނު މަދީނާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބަންގި ގޮވައިދެއްވިއެވެ. އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އެއްމެ ފުރަތަމަ ހިޖުރަކުރެއްވި މުހާޖިރުންގެ ތެރެއިންނެވެ. އެކަލޭގެފާނު އަވާހަރަވެ ވަޑައިގެންނެވީ ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ފަހުކޮޅުގައެވެ. [2].

3 – ސަޢުދު ބުން ޢާއިޛު އަލްޤަރަޡު ( ރަޟިޔަﷲ ޢަންހު ) : ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނު ލެއްވެވީ ޤުބާ މިސްކިތުގެ މުއައްޛިނަކަށެވެ. ނަމަވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅު ވުމުން، ބިލާލު ރަޟިޔަﷲ ޢަންހު ބަންގިގޮވުން ދޫކޮށްލެއްވިއެވެ. އެއާއި އެކު އަބޫބަކުރު ރަޟިޔަﷲ ޢަންހު، ސަޢުދު ބުން ޢާއިޛު އަލްޤަރަޡު ( ރަޟިޔަﷲ ޢަންހު ) ޤުބާ މިސްކިތުން، މަސްޖިދުއްނަބަވީ އަށް ބަދަލުކުރެއްވިއެވެ. އެކަލޭގެފާނު އަވހާރަފުޅުވީ ހިޖުރައިން 74 ވަނަ އަހަރު އެވެ. [3].

4 – އަބޫ މަޙްޛޫރާ ( ރަޟިޔަﷲ ޢަންހު ) : މި ޞަޙާބީގެ ނަންފުޅަކީ އައުސް ބުން މިޢުޔަރު އެވެ. އެކަލޭގެފާނު ބަންގި ގޮވާއިރު، ޝަހާދަތުގެ ދެކަލިމަ، ދެފަހަރު( އެއްފަހަރު އަޑު މަޑުކޮން އަނެއްފަހަރު އަޑުހަރުކޮށް) ތަކުރާރު ކުރައްވާކަމުގައި ވެއެވެ. މިކަލޭގެފާނު އަވަހާރަފުޅުވީ ހިޖުރައިން ފަންސާސް ނުވަ ވަނަ އަހަރުއެވެ. [4].


[1] الإصابة (1/ 27).

[2] معجم الصحابة لابن قانع (705)، زاد المعاد (1/ 96)، الإصابة (5759.)

[3] تهذيب الكمال (10/ 275/2213)، التقريب (2242).

[4] تهذيب الكمال (34/ 256/7603)، التقريب (8341)


މަސްދަރު