الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރަމަޟާންމަހުގެ މާތްކަމާއި އެމަހުގައި ރޯދަ ފަރުޟު ކުރެވުމުގެ ޙިކުމަތް:
ކީރިތި ރަސޫލާﷺ ޙަދީޘް ކުރައްވާފައި ވެއެވެ.
(من صام رمضان إيمانا واحتسابا غفر له ما تقدم من ذنبه)
މާނައީ: “އީމާންވެހުރެ، ޘަވާބާއި ދަރުމައަށް އެދޭޙާލުގައި ރަމަޟާންމަހުގެ ރޯދަ ހިފައިފިމީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭނެއެވެ.”
ރަމަޟާން މަހުގައި ރޯދަ ފަރުޟު ކުރެވުމުގެ ވަރަށްގިނަ ޙިކުމަތްތަކެއް ވެއެވެ.
- އިންސާނާގެ ނަފްސު ޠާހިރު ކުރުން.
- ދުނިޔެވީ އެދުންތަކާއި ޝަހުވަތްތަކުން އިންސާނާ ދުރުކޮށް އުޚްރަވީ ޙަޔާތަށް ލޯބިޖެއްސުން.
- ފަޤީރުންގެ އުދާސްތައް އިޙުސާސް ކުރުވުން.
ރޯދަ ވާޖިބުވުމުގެ ޝަރުޠުތައް:
- މުސްލިމަކަށް ވުން.
- ބާލިޣުވެފައި ވުން.
- ބުއްދި ސަލާމަތުން ހުރުން.
- ޞިއްޙަތު ސަލާމަތުން ހުރުން.
- ރަށުގައި ޤާއިމުވެ ހުރުން.
- ޙައިޟު ނިފާސްކަމުން ޠާހިރުވެހުރުން.
ރަމަޟާން މަސް ފެށުނުކަމާއި ނިމުނުކަން ބަލާނީ ކިހިނެއް؟
ރަމަޟާންމަސް ފެށުނުކަމަށް ބަލާނީ ޢަދުލުވެރި މުސްލިމަކަށް އެމަހުގެ ހަނދު ފެނުމުންނެވެ. ވިލާ ބޯވެގެން ނުވަތަ އެފަދަ އެހެން ސަބަބެއް މެދުވެރިވެގެން ނަމަވެސް ހަނދު ނުފެނިއްޖެނަމަ ޝަޢްބާން މަހުގެ 30 ހަމަކުރާނީއެވެ. ރަމަޟާންމަސް ނިމުނުކަމުގައި ބަލާނީ ޝައްޥާލުމަހުގެ ހަނދު ފެނުމުންނެވެ. ނުވަތަ ރަމަޟާން މަހުގެ 30 ހަމަވުމުންނެވެ.
=ނުނިމޭ=
____________________________________
مصدر: الفقه الميسر