الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.
سبب النزول (ބާވައިލެއްވުނު ސަބަބު)
- މާތްﷲ ރުއްސުންލެއްވި އިބްނު އައްބާސް ވިދާޅުވިއެވެ.
” كَانَتِ اليَهُودُ إِذَا حَاضَتْ امْرَأَةٌ مِنْهُمْ لَمْ يُؤَاكِلُوهَا وَلَمْ يُشَارِبُوهَا وَلَمْ يُجَامِعُوهَا فِي البُيُوتِ، فَسُئِلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ ذَلِكَ، فَأَنْزَلَ اللَّهُ تَعَالَى: {وَيَسْأَلُونَكَ عَنِ المَحِيضِ قُلْ هُوَ أَذًى} [البقرة: ٢٢٢] ((فَأَمَرَهُمْ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يُؤَاكِلُوهُنَّ وَيُشَارِبُوهُنَّ وَأَنْ يَكُونُوا مَعَهُنَّ فِي البُيُوتِ، وَأَنْ يَفْعَلُوا كُلَّ شَيْءٍ مَا خَلَا النِّكَاحَ)). فَقَالَتِ اليَهُودُ: مَا يُرِيدُ أَنْ يَدَعَ شَيْئًا مِنْ أَمْرِنَا إِلَّا خَالَفَنَا فِيهِ، قَالَ: فَجَاءَ عَبَّادُ بْنُ بِشْرٍ وَأُسَيْدُ بْنُ حُضَيْرٍ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَخْبَرَاهُ بِذَلِكَ، وَقَالَا: يَا رَسُولَ اللَّهِ أَفَلَا نَنْكِحُهُنَّ فِي المَحِيضِ، فَتَمَعَّرَ وَجْهُ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ حَتَّى ظَنَنَّا أَنَّهُ قَدْ غَضِبَ عَلَيْهِمَا، فَقَامَا فَاسْتَقْبَلَتْهُمَا هَدِيَّةٌ مِنْ لَبَنٍ، فَأَرْسَلَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي أَثَرِهِمَا فَسَقَاهُمَا، فَعَلِمَا أَنَّهُ لَمْ يَغْضَبْ عَلَيْهِمَا “[1]
މާނައީ: “ޔަހޫދީން، އެބައިމީހުންގެ ތެރެއިން އަންހެނަކު ޙައިޟުވެއްޖެކަމުގައި ވަނީނަމަ އޭނާއާ އެކީގައި ކައިބޮއި ނޫޅެއެވެ. އަދި އޭނާއާ އެއްކޮށް ގޭތެރޭގައި އެކުވެނޫޅެއެވެ. ފަހެ މިކަމާއި ބެހޭގޮތުން ރަސޫލﷲ صلى الله عليه و سلم އާއި ސުވާލުކުރެވުނެވެ. ދެން ﷲ ތަޢާލާ އެކަމާއި ބެހޭގޮތުން ވަޙީ ބާވައިލެއްވިއެވެ. {وَيَسْأَلُونَكَ عَنِ المَحِيضِ قُلْ هُوَ أَذًى} [البقرة: ٢٢٢]
މާނައީ: “އަދި ޙައިޟާމެދު، ކަލޭގެފާނާ އެއުރެން ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އުނދަގޫ (ލިބެނިވި) ކަމެކެވެ. ފަހެ، ޙައިޟުގެ ދުވަސްވަރުގައި ތިޔަބައިމީހުން އަންހެނުންނާ ދުރުހެލިވާށެވެ! (އެބަހީ: ޖިމާޢުނުވާށެވެ!)”
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެބައިމީހުންނަށް އަމުރުކުރައްވާ ޙަދީޘްކުރެއްވިއެވެ. ތިޔަބައިމީހުން އެކަނބަލުންނާއެކުގައި ކައިބޮއިއުޅޭށެވެ. އަދި އެކަނބަލުންނާއެކުގައި ގޭގައި ތިޔަބައިމީހުން އުޅޭށެވެ. އަދި ޖިމާޢުވުން ފިޔަވައި ހުރިހާކަމެއް ކުރާށެވެ. ފަހެ ޔަހޫދީން ބުންޏެވެ.އެކަލޭގެފާނު އަހަރެމެންނާ ޚިލާފުވާގޮތަށް މެނުވީ އެއްވެސްކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ.
ފަހެ ޢައްބާދު ބުން ބިޝްރު އާއި އުސައިދު ބުން ޙުޟައިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް ވަޑައިގަތެވެ. އަދި އެޚަބަރު އެކަލޭގެފާނަށް ދެއްވިއެވެ. އަދި އެދެބޭކަލުން ވިދާޅުވިއެވެ. ފަހެ ޙައިޟުގެ ދުވަސްވަރުގައި އަނބިންނާއެކީ ތިމަންބޭކަލުން ޖިމާޢު ނުވާންވީ ހެއްޔެވެ؟ ހަމަކަށަވަރުން އެކަލޭގެފާނު އެދެބޭކަލުންނަށް ކޯފާއިސްކުރެއްވީކަމަށް ތިމަންބޭކަލުންނަށް ހީވާ މިންވަރަށް ފަހެ އެކަލޭގެފާނުގެ މޫނުފުޅުގެ ކުލަ ތަޣައްޔަރުވިއެވެ. އެހިނދު އެދެބޭކަލުން ވަޑައިގަތުމުން، ވީތަނެއް ހޯއްދަވައި ގެންނެވައި ހަދިޔާއެއްގެ ގޮތުގައި ރަސޫލުﷲ صلى الله عليه و سلم އަށް ގެނެވުނު ކިރުފޮދެއް، އެދެބޭކަލުންނަށް ދެއްވިއެވެ. ދެންފަހެ އެކަލޭގެފާނު އެދެބޭކަލުންނަށް ކޯފާއިސްނުކުރައްވާކަމުގައި ތިމަންބޭކަލުންނަށް ޔަޤީންވިއެވެ.”
- މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.
“كَانَتِ اليَهُوْدُ تَقُوْلُ : مَنْ أَتَى امْرَأَتَهُ فِي قُبُلِهَا مِنْ دُبُرِهَا كَانَ الوَلَدُ أَحْوَلَ ، فَنَزَلَتْ: { نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أنى شِئْتُمْ}.”
މާނައީ: “ޔަހޫދީން ބުނެއުޅުނުކަމަށް ވިއެވެ. ފިރިހެނާ އޭނާގެ އަނބިމީހާއާއި ޖިމާޢުވާއިރު، ފުރަގަހުން އައިސް ކުރިމަތި ފަރާތަށް ޖިމާޢުވެއްޖެނަމަ، ލިބޭކުއްޖާގެ ލޯ ޢަވަރުވެއެވެ. ދެން މިއާޔަތް ބާވައިލައްވައިފިއެވެ. { نِسَآؤُكُمْ حَرْثٌ لَّكُمْ فَأْتُواْ حَرْثَكُمْ أنى شِئْتُمْ}.”
މާނައީ: “ތިޔަބައިމީހުންގެ އަނބިންނީ، ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ ތިޔަބައިމީހުން ބޭނުން ފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! ((އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ).”
= ނުނިމޭ =
މިލިޔުމުގެ އެހެނިހެން ބައިތައް
_______________________________________
[1] رواه مسلم و الترمذي