[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަނބިމީހާ ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން ދޫކޮށްލުން – 2

الحمد لله والصلاة والسلام على رسول الله وعلى آله وصبحه أجمعين.

 

المعنى الإجمالي (ޖުމުލަ މާނަ)

އޭ މުޙައްމަދުގެފާނެވެ. ޙައިޟުގެ ދުވަސްވަރު އެބައިމީހުންގެ އަނބިންނާ އެއްދާންކުރުން ހުއްދަ ކަމެއްތޯ ނުވަތަ ޙަރާމްކަމެއްތޯ ކަލޭގެފާނާ އެބައިމީހުން ސުވާލުކުރާނެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ހަމަކަށަވަރުން ޙަައިޟުގެ ލެއަކީ އުނދަގޫކުރަނިވި ފޫހިކުރަނިވި ލެއެކެވެ. އެދުވަސްވަރުގައި ތިޔަބައިމީހުންގެ އަނބިންނާ ޖިމާޢުވުމުން ދުރުވެގަންނާށެވެ. އަދި އެކަނބަލުންގެ ޙައިޟުގެ ލޭ ކެނޑި ޠާހިރުވެއްޖައުމަށް ދާނދެން އެކަނބަލުންނާ ކައިރިނުވާށެވެ. ފަހެ އެކަނބަލުން ހިނައިގަނެ ޠާހިރުވުމުން، ﷲ ތަޢާލާ ތިޔަބައިމީހުންނަށް އަމުރުކުރައްވާފައިވާ ފަދައިން އެކަނބަލުންކައިރިއަށް ގޮސް އުޅޭށެވެ. (އެބަހީ:  ޖިމާޢުވެއުޅޭށެވެ.) އެއީ ﷲ ތަޢާލާ ޙަލާލުކުރެއްވި ތަންތަނުންނެވެ. އެއީ القُبُل ދަަރިމައިވާ ތަނަށް ޖިމާޢުވުމެވެ. (އެބަހީ: ކުރިމަތިފަރާތަށް ޖިމާޢުވުމެވެ.) އަދި ޙަރާމްކުރެއްވި مكانތައް ބޭނުން ނުކުރާށެވެ. (އެބަހީ: ފުރަގަސްފަރާތް ބޭނުން ނުކުރުމެވެ.) ފަހެ ހަމަކަށަވަރުން ހަޑިހުތުރު، ފާހިޝްކަންތައްތަކުން ރުޖޫޢަވެ ތައުބާވާ މީހުންދެކެ ﷲތަޢާލަ ލޯބިވެވޮޑިގެންވެއެވެ. އަދި ޠާހިރުވާ މީހުންދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ.

     ދެން އެއަށްފަހުގައި އެކަލާނގެ އެވަނީ، ޖިމާޢުވުން ހުއްދަކުރައްވާފައިވާ ގޮތްގޮތްނޫން އެހެންގޮތްގޮތަށް އެކަންކުރުން ނަޙީކުރައްވާފައެވެ. ﴿نِسَاؤُكُمْ حَرْثٌ لَكُمْ﴾ މި އާޔަތުގެ މާނައަކީ، ތިޔަބައިމީހުން ގޮވާން އިންދާ އަދި ތިޔަބައިމީހުން ނަސްލު ދަމަހައްޓާތަނަކީ އެކަނބަލުންގެ ރަޙިމްތަކެވެ. އޭރުން ކުޑަދަރިފުޅު އުފެދެއެވެ. ތިޔަބައިމީހުން ހިތްއެދޭގޮތަކަށް، ހިތްއެދޭ ދިމަޔަކުން ތިޔަބައިމީހުންގެ އަނބިންގެ ކަރިއަށް އަންނާށެވެ. (އެބަހީ: ޖިމާޢުވެހަދާށެވެ.) އެއީ ތިޔަބައިމީހުން ނަސްލު ދިރުވުމުގެމަގު ޚިޔާރުކުރުމަށްޓަކައެވެ.

އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ.

( اسْقِ نَبَاتَكَ مِنْ حَيْثُ يَنْبُتُ )

މާނައީ: “ތިޔަބައިމީހުންގެ ދަނޑަށް ދިރުން ލިބޭނޭހެން ރޯކުރުވާށެވެ.”

     އެންމެހާ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި ޞާލިޙު ހެޔޮޢަމަލާއި ހެޔޮކަންތައްތައް އިސްކުރާށެވެ. އެއީ އާޚިރަތަށްޓަކައި ހެޔޮކަންކަމާއި ޞާލިޙު ޢަމަލު އިތުރުކުރުމަށްޓަކައެވެ. އަދި ޤިޔާމަތްދުވަހު ﷲތަޢާލާއާ ބައްދަލުކުރާދުވަހަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ. އަދި މުއުމިނުންނަށްވާ ޘަވާބާ، ކަރާތްމާތްތެރިކަމާއި އަދި ކާމިޔާބާއި ފަލާޙް ލިބިގެންވާ ސުރުވަރުގޭގެ ދަރަޖަތައްލިބުމުގެ އުވާފެރި ޚަބަރު ކަލޭގެފާނު ދެއްވާށެވެ.[1]

 

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް

_______________________________________

[1]  ابن جرير الطبري މިދެއާޔަތުގެ މާނަކުރައްވާފައިވާގޮތުގެ ޚުލާޞާ ތަރުޖަމާއެއް