[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަންހެން ކަނބަލުންވެސް ނުބައިކަންކަން މަނާކުރަން ޖެހެއެވެ.

mar'aaالحمد لله رب العالمين. و الصلاة و السلام على نبينا محمد، و على آله و أصحابه أجمعين. أما بعد:

“ﷲ ސުބުޙާނަހޫ ވަތަޢާލާ އަންހެނުންގެ މައްޗަށް ދެއްވާފައިވާ ފަޟުލުތަކުގެ ތެރޭގައި މިއަޅުކަން(ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަން މަނާކުރުން)، ހަމައެކަނި ފިރިހެނުންނަށް ޚާއްޞައަޅުކަމެއްކަމުގައި ނުލެއްވުން ހިމެނެއެވެ. ނަމަވެސް މިއަޅުކަން އަދާކުރުމުގެ ސަބަބުން ގިނަވެގެންވާ ޘަވާބު ލިބިގަތުމަށް ފިރިހެނުން ފަދައިން، މިއަޅުކަމުގައި ބައިވެރިވުމަށް އަންހެނުންގެ މައްޗަށްވެސް ވަނީ ވާޖިބުކުރައްވާފައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަންހެނުންނަށް މިއަޅުކަން އަދާކުރުމަށް އަމުރުކުރައްވާފައިވަނީ މުޖުތަމަޢުގެ ބަދަހިކަމާއި އެއްބައިވަންތަކަން ދަމަހައްޓައި، އަދި ހުރިހާ އެންމެނަށް އިޞްލާޙުވުން ލިބި، ﷲގެ ރަޙުމަތް ޙާޞިލުކުޅައުމަށެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ، يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ، وَيُطِيعُونَ اللَّـهَ وَرَسُولَهُ ،أُولَـٰئِكَ سَيَرْحَمُهُمُ اللَّـهُ  )(1)

މާނައިގެ ތަރުޖަމާއީ: “އަދި މުއުމިނު އަންހެނުންނާއި އަދި މުއުމިނު ފިރިހެނުންނަކީ އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށްވާ ވާގިވެރީންތަކެކެވެ. އެބައިމީހުން ހެޔޮކަންކަމަށް(ﷲއެއްކައުވަންތަކުރުމާއި އަދި ކުރަންއަންގަވާފައިވާ ހުރިހާކަމެއްކުރުމަށް) އަމުރުކުރެއެވެ. އަދި ނުބައިކަންކަން (ޝިރުކުކުރުމާއި އަދި ނަހީވެފައިވާ ހުރިހާކަމެއް) މަނާކުރެއެވެ. އަދި ނަމާދުޤާއިމުކުރެތެވެ. އަދި ޒަކާތްދެއެވެ. އަދި އެބައިމީހުން ﷲއަށާއި އެއިލާހުގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރެއެވެ. ﷲ ރަޙުމަތްލައްވާނޭ މީސްތަކުންނަކީ އެބައިމީހުންނެވެ.”

ފަހެ އަންހެނާ (އެކަމުގައި ނުބައިކަންކަން މަނާކުރާނީ) ނުވަތަ އެކަމުގެ މައްޗަށް ގުޅުން ބާއްވާނީ އަންހެނުންނާއެވެ. ޝަރުޢީގޮތުން (ހިލޭ)ފިރިހެނުންނާއި އެކު ޝާމިލުވުން (ނުވަތަ އެކަމުގެ މައްޗަށް (ހިލޭ) ފިރިހެނުންތެރެއަށް ނުކުމެ އެމީހުންނަށް އަމުރުކުރުން) އެކަނބަލުންގެ މައްޗަށް ހުއްދަވެގެންނުވެއެވެ. އަދި އަންހެނާގެ (އެޢަމަލުގެ) އަޘަރު އެކަމަނާގެ ދަރިންގެ މައްޗަށް ނުވަތަ އެކަމަނާ ދަރީންނޫން އެހެންކުދީންގެ މައްޗަށް، އެކަން ބަޔާންކުރުމާއެކު ކޮށްފިކަމުގައިވާނަމަ، ފިިރިހެނުންނަށް ނަޞީޙަތްދިނުމަށްވުރެ ބޮޑު ނަތީޖާއެއް (އަޘަރެއް ނުވަތަ ފުރިހަމަ ނަތީޖާއެއް) ނުކުތުމަކީ ޔަޤީނުންވެސް އެކަށީގެންވާ ކަމެކެވެ.

އަދި މުސްލިމު އަންހެން ކަނބަލުންގެ މައްޗަށް ހެޔޮކަންކަމަށް އަމުރުކުރުމާއި އަދި ނުބައިކަންކަން މަނާކުރުން ވާޖިބުވެގެންވެއެވެ. އަދި އެކަމުގެ ސަބަބުން އެކަނބަލުންވަނީ ޢިއްޒަތްތެރިވެގެންނެވެ. އެއްވެސް ޙާލެއްގައި ލަދުވެތިކަމެއްގެ ސަބަބުން ނުވަތަ ޖެހިލުންވުމުގެ ސަބަބުން އެކަމުގައި (އެކަނބަލުންގެ މައްޗަށް) ފަސްޖެހިގަތުމެއްނުވެއެވެ. ފަހެ އޭރުން އެކަމަނާ އެއަދާކުރައްވަނީ ﷲ ރުއްސަވާވޮޑިގެންވާ އަދި ލޯބިވެތިވޮޑިގަންނަވާ (މަތިވެރި) ޢަމަލެކެވެ.

އަދި ބާޠިލުގެ އަހުލުވެރިންގެ ތެރޭގައި ހިމެނޭ އަންހެނުން ބިރެއް ކަހާލުމެއްނެތި އެބައިމީހުން ފާފަތަކަށް ގޮވާލައި، ރަނގަޅުކަންކަން މަނާކުރިކަމުގައިވިޔަސް މެއެވެ. (އެހެނީ އެމީހުން އެކަން ކުރިޔަސް މުސްލިމު އަންހެން ކަނބަލުން ޖެހިލުންވުމެއްނެތި ފަސްޖެހުމެއްނެތި މިކަން ކުރަންޖެހޭނެއެވެ.) ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

(الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ، يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ ) (2)

މާނައިގެ ތަރުޖަމާއީ: “އަދި މުނާފިޤު ފިރިހެނުންނާއި އަދި މުނާފިޤު އަންހެނުންނަކީ އެއްބަޔަކު އަނެއްބަޔެއްގެ ކިބައިންވާ ބަޔެކެވެ. އެބައިމީހުން ނުބައިކަންކަމަށް(ޝިރުކާއި ނަހީވެގެންވާކަންކަން ކުރުމަށް) އަމުރު ކުރެއެވެ. އަދި ހެޔޮކަންކަން(ﷲއެއްކައުވަންތަކުރުމާއި އަދި ކުރަންއަންގަވާފައިވާ ހުރިހާކަމެއް) ކުރުން އެބައިމީހުން މަނާކުރެއެވެ.”

ފަހެ މުސްލިމު އަންހެން ކަމަނާގެ މައްޗަށް އެކަމުގައި ފަސްނުޖެހުން އަޢުލާވެގެންވެއެވެ. ސަބަބަކީ ހަމަކަށަވަރުން އެކަމަނާގެ މިޢަމަލުގެ ސަބަބުން މުޖުތަމަޢަށް އުފާވެރިކަމާއި ފާގަތިކަން އިސްވެއެވެ. (އާދެއެވެ.)” (3)

وصلى الله وسلم على نبينا محمد و آله و صحبه أجمعين.

މިފޮތުގެ އިތުރުބައިތައް ބައްލަވާ.

_________
(1) سورة التوبة: 71

(2) سورة التوبة: 78

(3)މަދީނަތުއްނަބަވިއްޔާގެ މަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު ޑރ. ޢަބްދުލްމުޙުސިނު އަލްޤާސިމު ލިޔުއްވާފައިވާ “الأمر بالمعروف والنهي عن المنكر أصل من أصول الدين” (ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމަކީ ދީނުގެ އަޞްލުގެ ތަކުގެ ތެރެއިން އަޞްލެކެވެ)  މިކުޑަ ރިސާލާއިން ނެގިފައިވާ މައުޟޫއެކެވެ. (26 ވަނަ ޞަފުޙާ)