ދެވަނަ ކަންތައް: ކަންވާރެއް ތަޅައިގެން ދިޔުމުން އެ ބެއްދުމަށްޓަކައި ރަނާއި ރިހި ބޭނުންކުރުމުގެ ޙުކުމް
ކަންވާރުން ތަޅައިގެން ދިޔަ ތަން ބައްދަން ރަން ބޭނުންކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އެއީ މަތީގައިވާ ނައްޞުގައިވާ ޢާއްމު ނަހީގެ ތެރެއަށް ވަންނާތީއެވެ. ކަންވާރުން ތަޅައިގެން ދިޔަ ތަން ބައްދަން ބޭނުންކުރަނީ ރިހި ކަމުގައިވާނަމަ، އެއީ ކުޑަ މިންވަރެއް ނަމަ ރިހީގެ ކުޑަ މިންވަރު ބޭނުންކުރުން ހުއްދައެވެ. އެއީ އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘުން އެކަމަށް ދަލީލު ލިބޭތީއެވެ.
عَنْ أَنَسٍ رَضِيَ اللهُ عَنْهُ ((انْكَسَرَ قَدَحُ النَّبِيِّ صلى اللهُ عليهِ وسلمَ ، فَاتَّخَذَ مَكَانَ الشَّعْبِ سِلْسِلَةً مِنْ فِضَّةٍ.)) [رواه البخاري 3109]
މާނައީ: “އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކަންވާރު ތަޅައިގެން ދިޔުމުން އެ ބެއްދުމަށްޓަކައި ރިހީގެ ފަށެއް ބޭނުންކުރެއްވިއެވެ.”
ފިޤްހުލް މުޔައްސަރުގެ ހުރިހާ ބައިތައް
___________________________
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد
أسهم في إعداد هذا الكتاب مجموعة من الأساتذة المتخصصين في الفقه، وهم:
1- الأستاذ الدكتور عبد العزيز مبروك الأحمدي.
2- الأستاذ الدكتور عبد الكريم بن صنيتان العمري.
3- الأستاذ الدكتور عبد الله بن فهد الشريف.
4- الأستاذ الدكتور فيحان بن شالي المطيري.
– قام بمراجعته: الأستاذ الدكتور علي بن محمد ناصر الفقيهي، والدكتور جمال بن محمد السيد.
– قدم له: معالي الشيخ صالح بن عبد العزيز آل الشيخ – حفظه الله -.