الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިފޮތަކީ ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިއެއްކަމުގައިވާ ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު حفظه الله ގެ ރިސާލާއެއްކަމަށްވާ (أريد أن أتوب ولكن…) ގެ ތަރުޖަމާއެވެ.
އިސްލާމްދީނަށް ގިނަ ބަޔަކު ރުޖޫޢަވާން ބޭނުންވިނަމަވެސް ތައުބާވުމާ ދެމެދު ހުރަސްތަކެއްވާކަމަށް ބައެއް މީހުންނަށް ހީވެއެވެ. ވަޤުތުފާއިތުވުމުގެ ކުރިން މިފަދަ ހީތަކުން އަޅުގަނޑުމެން އެއްކިބާވުމަކީ ލާޒިމުވެގެންވާ ކަމެކެވެ.
އެހެންކަމުން މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުއަށް ނުހަނު ބޭނުންވެފައިވާ މައުޟޫޢުއެއްކަމަށް ޤަބޫލުކުރަމެވެ.
ދުޢާއަކީ ﷲ ތަޢާލާ، މިމަސައްކަތުގައި ބަރަކާތްލައްވާ، ޙައްޤުމަގުގައި ފައިތިލަ ޘާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުމެވެ.
|
ފޮތުގެ ނަން: އަހަރެން ތައުބާވާން ބޭނުން ، އެކަމަކު ތަރުޖަމާކުރީ: އުއްމު ޢަބްދިﷲ |
ޞަފްޙާގެ ޢަދަދު: 97 ޞަފްޙާ (A5 ސައިޒް) ފައިލް ސައިޒް: 1.85 mb |

















